ޑީއާރްޕީގެ ސެކެޓްރީ ޖެނެރަލް ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު ހަމަޖައްސައިފިއެވެ.
ޑީއާރްޕީގެ އެސްޖީގެ މަގާމަށް އާމިނަތު ޖާބިރު ހަމަޖެއްސީ ރޭ އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ ޕާޓީން ބުނެއެވެ. ދާދި ފަހަކާއި ޖެހެންދެން ޑީއާރްޕީގެ އެސްޖީގެ މަގާމު ފުރުއްވީ ނަހުލާ އަލީއެވެ.
ޑީއާރްޕީގެ އެސްޖީގެ މަގާމަށް އާމިނަތު ޖާބިރު އައްޔަން ކުރައްވާފައިވާއިރު، އެ ޕާޓީން ވަނީ އަންނަ ފެބްރުއަރީ މަހު، ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމާފައެވެ.
މި ނޮވެމްބަރު މަސްތެރޭގައި އެޕާޓީގެ ނާއިބު ލީޑަރު ކަމުން މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ނަހުލާ އަލީ އިސްތިއުފާ ދެއްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ ގުޅިވަޑައިގަތުމާއި ގުޅިގެން އެ ޕާޓީއަށް ވަނީ އާ ނާއިބު ލީޑަރަކާއި އާ ސެކްރެޓަރީ ޖެނެރަލެއްވެސް ހަމަޖައްސައިފައެވެ. ނާއިބު ލީޑަރަކަށް ހަމަޖެއްސީ ޖާބިރުގެ ކޮއްކޮ ހ. ތިމާވެށި، އިބްރާހީމް ޝިހާމެވެ. އެސްޖީއަކަށް ހަމަޖެއްސީ ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފެވެ.
ޖާބިރު ޑީއާރްޕީގެ ލީޑަރުގެ މަގާމަށް ހަމަޖައްސަވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ. އޭގެފަހުން ޑީއާރްޕީ ބޮޑުކޮށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ފެމެލީ ސިޔާސީ ޕާޓީއެއް ދޯ ދަރިކަބަލުން ނާއި އަނބިއަނބި ކަބަލުން ލަދުގަންނަވަރު ކުރޭ ކާށިދޫ މީހުނަށް ކޭބަލް ކާރުގެ ހުވަފެން ދައްކައިގެން ވަދެ ހުރެ މަޖްލިހަށް ވަދެވުނީ އަދިވެސް ވައުދު ފުއްދާކަށް ނުވޭތަ. ނިކުންނަ ދުވަސް ކައިރިވާއިރަށް އަނެއް ފަހަރު އަނެއް ވައުދަކާގެން ނިކުމެ ރައްޔިތުން ހައްދާނެ ވަދެ ތިބެ ރަނގަޅުކަމެއް ކުރާނަމަވެސް ރަނގަޅު ނުކުރެވޭނެ ކަންކަމަށް ވައުދު ނުވިއަސް ތިތަނަކަށް ރަނގަޅު މީހުންނަށް ވަދެވޭނެ. އަގުބޮޑުހެން ހީވާ ހޮޅި ވައުދު ވަނީ ރައްޔިތުން ގުނބޯ ހައްދަން