ވަކި ސިޔާސީ ޕްރޮމޯޓްވާ ގޮތަށް އެ ގިންތިއަކަށް ފެތޭނެ ކަމަށް ލަފާކުރާ ޓާގެޓް އޯޑިއަންސްއަށް އަމާޒުވާ ގޮތަށް ސިޔާސީ ކެމްޕޭނާ އިސްތިހާރު ނުކުރެވޭ ގޮތަށް ގޫގްލްއިން ހަމަޖައްސައިފިއެވެ.

މީގެ އިތުރުން ސިޔާސީ ކެމްޕޭން ހިންގާ ފަރާތްތަކުގެ ޑޭޓާ ބޭސްއާއި، ގޫގްލްގެ އެކި ޕްލޭޓްފޯމްތައް ކަމަށްވާ ގޫގްލް ސާޗް އިންޖީންއާއި ޔޫ ޓިއުބް ބޭނުން ކުރާ ފަރާތްތަކުގެ ޑޭޓާ ބޭސް އަޅާ ކިއުމުގެ ފުރުސަތުވެސް ސިޔާސީ ކެމްޕޭން ހިންގާ ފަރާތްތަކަށް ދެން ނުލިބޭނެކަމަށް ގޫގްލްއިން ބުނެއެވެ.

މި ބަދަލަށް އަމަލުކުރަން ފުރަތަމަ ފަށާ ގައުމަކީ އިނގިރޭސިވިލާތް ކަމުގައި ވީ ނަމަވެސް، މާ ގިނަ ދުވަހެއް ނުވެ ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް މި ސިޔާސަތު ރޯލުކުރަން ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ބަދަލާއެކު ސިޔާސީ ކެމްޕޭން ހިންގާ ފަރާތްތަކަށް، ސިޔާސީ އިސްތިހާރުގެ ޓާގެޓް އޯޑިއަންސް ކަނޑައެޅޭނީ ޖިންސް، ލޮކޭޝަން އަދި އުމުރަށް ބަލައިގެން ކަމަށްވެސް ގޫގްލްއިން ވަނީ ހާމަކޮށްފައެވެ.

ކަންމިހެން އޮތްއިރު، އާންމު ކުރާ ބަޔާންތަކުގައި ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ޖަހާނަމަ، އެފަދަ ބަޔާންތައް އާންމުކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ގޫގްލްއިން ވަނީ ދީފައެވެ.

ޓްވިޓާއިންވެސް ވަނީ ސިޔާސީ އިސްތިހާރުތައް ޕޯސްޓްކޮށް، އެފަދަ ކަންކަމަށް ހިތްވަރު ދިނުން ހުއްޓާލަން ނިންމާފައެވެ.