އިއްޔެ މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގި ފިލާއިން ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭއިން ބުނެފިއެވެ.
އޭޑީކޭ އިން ބުނީ އެކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް ތަފްސީލެއް ހާމަކުރެވެންނެތް ކަމަށް ވަނީ ބުނެފައެވެ.
އިއްޔެ މެންދުރުފަހު، ހެންވޭރު ވައިޖެހޭ މަގުގައި ހުންނަ ގެއެއްގެ ހަތަރު ވަނަ ބުރިން ވެއްޓިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ވެއްޓިފައިވަނީ އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖެވެ،
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.