މާލޭ ގެއެއްގެ 4 ވަނަ ފަންގިފިލާއިން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ އިމާރާތަކުން ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 2:28 ހާއިރު ލިބިފައިވާ ކަމަށާއި ފުލުހުންނަށް މައުލޫމާތު ލިބުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި 4 ބުރި އިމާރާތުން ވެއްޓިފައި ވަނީ ވެއްޓުނީ 5 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އަދި ވެއްޓުނު ކުއްޖާ މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ ކުއްޖާ ވެއްޓެން ދިމާވި ސަބަބެއް އަދި ލިބުނު އަނިޔާއެއް ސާފެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން އޭޑީކޭގެ ކަމާބެހޭ އޮފިޝަލަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވައެވެ.