"ހިބަރު ވަދު" މި ނަމުގައި އިދިކޮޅު ފާޓީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝްނުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމް އިން ބުނީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.
ޕީޕީއެމް އިން ބުނީ، މި ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ. އަދި މި ޖަލްސާއަށް ގައުމު ދެކެ ލޯބިވާ ހުރިހާ ފަރާތްތަކުން ދައުވަތު އަރުވާ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
އަންނަ ހުކުރު ދުވަހު ޖަލްސާ ބޭއްވުމަށް ޕީޕީއެމް އިން ބުނެފައިވާ އިރު މި މަހުގެ 28 ވަނަ ދުވަހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވުމަށް ތާވަލްކޮށްފައިވާ ދުވަހެވެ.
މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވަނީ "ބަޑި ބުރާސްފަތީ" ގެ ނަމުގައި ރެލީއެއް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް އެ ޕާތީން އޭރު ބުނީ ހައުސިންގް މިނިސްޓްރީން ކާނިވާ ސަރަހައްދު ނުލިބޭނެ ކަމަށް ބުނެ ސިޓީއެއް ފޮނުވި ކަމަށް އިދިކޮޅުން ބުނެފައި ވެއެވެ. އެހެންކަމުން އެ އެއްވުން އެފަރާތުން ބާއްވާފައި ވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ޗާހިޑުވި ފަރާތްތަކުގެ ވާހަކައާއި ގުޅުވައިގެން އެމްޑީއެން ޖަމިއްޔާ އުވާލުމަށް އެ އެއްވުމުގައި ދިޔައީ ގޮވަމުންނެވެ. އަދި އޭގެ ކުރިންވެސް އިދިކޮޅުން ވަނީ އެމްޑީއެން އުވާލަން ގޮވާލައި ރެލީތަކެއް ބާއްވާފައެވެ.
ހިބަރެއް ނޫން މިޔަރު ވަދު ކިޔައިގެން ޖަލްސާ ބޭއްވިޔަސް ދިވެހިންގެ ބޮލަށް އަލަކުން ސަވާރެއް ނުވެވޭނެ. މުޅި ޢުމުރުދުވަހު ހީލަތްތެރި ޖަރީމާއިން ވެރިކަމަށް އައިސް މިގައުމު ދަރުވާލައި ތިމަތިމާމެންގެ އެކައުންޓަށް މާލިއްޔަތު ކަހާލައިގެންތިއްބާ ތިމާމެންގެ ޖަރީމާތަށް ހޯދައިބެލުމަށް ގާނޫނު އަރާ ހަމަކުރިހިސާބުން ތި ގޮވެއްޔެއް ގޮވަންފެށީ. މަމެން ދިވެހިން މޮޔައިންނަށް ހަދަން ނޫޅޭތި.