އެސްޓީއޯއާއެކު ވިޔަފާރި ކުރަން ފަށައިގަންނަ ފަރާތްތަކުން ބަހައްޓާފައިވާ ސެކިއުރިޓީ ޑިޕޮސިޓް ނަގަން އެ ކުންފުނިން ފުރުސަތެއް ދީފިއެވެ.
އެސްޓީއޯއަކީ ރާއްޖެ އަށް އެންމެ ގިނައިން ތެލާއި ކާޑު އެތެރެކުރާ ކުންފުންޏެވެ. މި ކަމާ ގުޅިގެން އެސްޓީއޯ އިން ބުނީ، އެ ކުންފުނިން އެކި ފަރާތްތަކާ އެކު ހަދާފައިވާ ކްރެޑިޓް ފެސިލިޓީ އަދި ރެންޓް އެގްރީމެންޓްގެ ދަށުން އެ ކުންފުންޏަށް ދައްކާފައިވާ އެޑްވާންސް ޑިޕޮސިޓް ފައިސާއާ ބައެއް ފަރާތްތަކުން ހަވާލުނުވެ ހުރި ކަމަށެވެ.
އެހެންކަމުން އެޑްވާންސް ޑިޕޮސިޓްގެ ގޮތުގައި ދައްކަވާފައިވާ ފައިސާ ހަވާލު ނުވެވި ފަރާތެއް ވާނަމަ އަންނަ މަހުގެ 25 ގެ ކުރިން ރަސްމީކޮށް ސިޓީ އަކުން އެ ކުންފުންޏަށް އެންގުން އެދޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން އާންމު ގޮތެއްގައި ކުންފުނިން އާއްމު ގޮތެއްގައި ސެކިއުރިޓީ ޑިޕޮސިޓް ނަގަނީ ކާޑު ފަދަ ބާވަތްތައް ވިއްކަން ފެށުމުގެ ގޮތުން ކަމުގައި ވީ ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ ވިޔަފާރި ކުރާ ފަރާތް ތަކުން ވިޔަފާރި ހުއްޓާލުން ނުވަތަ އެހެން ވިޔަފާރިއެއް ކުރަން ފެށުމާއެކު ފަހުން ޑިޕޮސިޓް ގޮތުގައި ބެހެއްޓި ފައިސާ ނުނަގައި ހުރެއެވެ.