ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަވަހާރަކޮށްލުން އޭރުވެސް އަދި މިހާރުވެސް ސިޔާސީ ހަތިޔާރަކަށް ހަދާތީ ހިތާމަކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމު މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގައި ވަނީ ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓުގެ ހުލާސާ އިއްވުމާއި ގިުޅިގެންނެވެ. ޝިޔާމް ވިދާޅުވީ މަރު ކޮމިޝަނުން ރިޕޯޓުގެ ވަކި ތަންކޮޅު ނަގައިގެން ވަކިގޮތަކަށް ރައްޔިތުންނަށް ވިސްނައިދިނުމަށްޓަކައި މިއަދު މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރެއްވި ކުރެއްވުމަކީ ވަރަށްވަރަށް ދެރަ ކަމެއް ކަމަށާއި ޑރ.އަފްރާޝީމްގެ ގަތުހުލް އޭރުވެސް އަދި މިހާރުވެސް ސިޔާސީ ހަތިޔާރަކަށް ހަދާތީ ހިތާމަކުރާ ކަމަށެވެ.
ޑރ.އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރު ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައި ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީއެވެ.
މަރު ކޮމިޝަނުގެ ރިޕޯޓުގައި ވާގޮތުން، ހ. ލޮބީ ހުސެއިން ހުމާމް އަހްމަދު ފުލުހުންނަށާއި ކޯޓަށް ހުށަހެޅި ބަޔާނުންނާއި، އަދި ކޮމިޝަނަށް ދީފައިވާ ބަޔާންތަކުން އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ރޭވުން، އަޒްލިފް ރައޫފުގެ ރޭވުމާ އެއްގޮތްވާ ގޮތުގެ މަތިން ރައޫފާއި ހުމާމާއި، ހ. ހިކޯސްޓް، އަލީ ޝާން އަދި މި މައްސަލާގައި ހިމެނޭ ކުޑަކުއްޖަކު ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. އަދި މިކަމުގައި އިތުރު ބަޔަކު ހިމެނޭ ކަމަށް ބެލެވިފައި ވާއިރު، އެމީހުން ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސްފައި ވާކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. މި މަރާއި ގުޅުގެން ގިނަ ބައެއްގެ ފާޑު ކިޔުންތަށް އޭރު އެމްޑީޕީ އަށާއި ޕީޕީއެމް އަށް ވަނީ އަމާޒު ވެފައެވެ. މިއަދު ރައްޔިތުން މަޖިލީހުގައި، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގެ ރިޕޯޓުގެ ހުލާސާ އިއްވާފައި ވާއިރު، އެ ރިޕޯޓުގައި ބުނާ ގޮތުން ޑރ.އަފްރާޝީމް އަވަހާރަ ކޮށްލުމަށް މަސައްކަތް ކޮށްފައިވަނީ ޖިހާދީ ފިކުރުގެ ޖަމާއަތަކުންނެވެ.
ރައްޔިތުންނޭވެއެެވެ. ތިޔަބައި މީހުން ރުހުމާއި ވޯޓް ހޯދުމުގެ ހަތިޔާރަކަށް އަފްރާޝިމް އަދި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ ވާހަކަ ނުވިއްކައި ހޭވެރިކަން ގެނެސް ނިކަން ވިސްނުންތެރި މީހުންނަށް ވުން އެދެން، ސިޔާސީ މީހުންނަކީ ނިކަން ހަޑި ގޭމް ކުޅޭ ބައެއް.