24 ގަޑިއިރު ތެރޭ އައިޖީއެމްއެޗުގެ ވިއްސާ ކޮޓަރީގައި ތިން ކުދިން ނިޔާވީ، އެ ހޮސްޕިޓަލުގެ ލޭބާ ރޫމުގެ މެޝިނުގެ މައްސަލައަކުން ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިހެން ބުނީ، އެ ހޮސްޕިޓަލަށް ވިހަން ގެންދިޔަ ތިން މީހުންގެ ތިން ކުދިން ނިޔާވީ އެތަނުގައި ހުރި މެޝިނެއްގެ މައްސަލައަކުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކެއްގެ ސަބަބުންނެވެ.

އައިޖީއެމްއެޗަށް ވިހަން ގެންދިޔަ ތިން މީހުންގެ ތިން ކުދިން ނިޔާވި ވާހަކަ ދެކެވެމުން ދާއިރު، ވިއްސަން ވެއްދި އިރު ވެސް އެ ކުދިންގެ ހާޓް ބީޓް ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އަދި ލޭބާ ރޫމުގެ މެޝިންތައް ހަލާކުވެފައިވާ ކަމަށާއި، އެކަން ވީގޮތެއް ޑޮކްޓަރަށް ސާފުކޮށް ނުދެވޭ ކަމަށްވެސް ބުނެފައި ވެއެވެ. އެހެން ކަމުން މިކަންކަން ކުރަން ތިބޭ މީހުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ބުނެ، އާންމުންގެ ފާޑުކިއުން ވަނީ އައިޖީއެމްއެޗަށް އަމާޒުވެފައެވެ.

https://www.facebook.com/Dhi.life/posts/147162576688666

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ވަނީ، ނިޔާވި ތިން ކުދިންގެ ހާޓް ބީޓް ލިބޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި އެ ތިން ކުދިން ވެސް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހާޓް ބީޓް ދަށް ވެގެން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

24 ގަޑިއިރު ތެރޭ ތުއްތު 3 ކުދިން ނިޔާވުމާ ގުޅިގެން އާންމުންގެ ފާޑުކިއުން ދަނީ އައިޖީއެމްއެޗަށް އަމާޒުވަމުންނެވެ.