ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު ސިޔާސީ ފޮޓޯގްރާފަރުގެ އެވޯޑް، ސްރީލަންކާގެ ކުރީގެ ތަޖުރިބާކާރު ފޮޓޯ ޖާނަލިސްޓް ސުދާތު ސިލްވާ ކަށަވަރުކޮށްފިއެވެ.

ސުދާތު ސިލްވާ މިހާރު މަސައްކަތް ކުރަމުންދަނީ ސްރީލަންކާގެ ރައީސް އޮފީހުގެ މީޑިއާ ޑައިރެކްޓަރެއްގެ ގޮތުގައެވެ.

ދެކުނު އޭޝިއާގެ އެންމެ މޮޅު ސިޔާސީ ފޮޓޯގްރާފަރުގެ އެވޯޑް 2019 ގެންދިޔަ ސްރީލަންކާގެ ފޮޓޯ ޖާނަލިސްޓް ސުދާތު ސިލްވާ/ފޮޓޯ: ކޮލޮމްބޯ ޕޭޖު

ސައުތް އޭޝިއަން ޕާޓްނާޝިޕް ސަމިޓް އެކްސެލަންޓް އެވޯޑް 2019 ގެ ދަށުން ގޮވާ، ސައުތް އޭޝިއާ ބެސްޓް ޕޮލިޓަކަލް ފޮޓޯގްރަފީ އެވޯޑް 2019 ހާސިލުކުރި ސުދާތު ސިލްވާއާއި މި އެވޯޑް ހަވާލުކޮށްދެއްވީ، ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ ހިލްޓަން ހޮޓެލްގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއެވެ.

ފޮޓޯގްރަފީގެ ދާއިރާގައި ފާއިތުވީ 35 އަހަރު ދުވަސް ހޭދަކޮށްފައިވާ ސުދާތު ސިލްވާ ވަނީ، ސްރީލަންކާގެ 5 ރައީސުންގެ ރަސްމީ ފޮޓޮގްރާފަރުގެ ޒިންމާ އަދާކޮށްފައެވެ.