ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އަދި ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމުގައި ހުންނެވި ނަހުލާ އަލީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާ ގުޅިވަޑައިގެންފިއެވެ.

މި ދެބޭފުޅުން އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގަތީ މިރޭ ޕީޕީއެމްގެ އޮފީހުގައި "މަވެސް ޕީޕީއެމް"އަށް އެ ނަމުގައި ބޭއްވި ހަފްލާއެއްގައެވެ.

ކާނަލް ނަޝީދަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތައިލެންޑަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުވެސް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި ރިޔާސީ އިންތިހާބުގައި އޭނާ ވަނީ ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި ވަރަށް ގިނައިން ބައިވެރިވެފައެވެ. ހަމައެއާއެކު އެޕާޓީން ވަނީ ޕީޕީއެމް ވެރިކަމުގައި އޮތްއިރު ޕީޕީއެމްއާ އެކު ކޯލިޝަނެއް ވެސް ހަދައިފައެވެ.

ނަހުލާ އަކީވެސް މީގެ ކުރިން ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ދުވަސްކޮޅެއް ވަންދެން ހަރަކާތްތެރިވެ ވަޑައިގެންފައެވެ. ނަހުލާ ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ލ. ގަމު ދާއިރާއަށް ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ ތާއީދާ އެކު ވާދަކުރައްވާފައެވެ.

މި ދެބޭފުޅުންގެ އިތުރުން ޑީއާރްޕީގެ ބައެއް އާއްމު މެންބަރުންނާއި މުޅިން އަލަށް ސިޔާސީ ޕާޓީއަކާއި ގުޅުނު އާއްމުންވެސް ވަނީ މިރޭ ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ސޮއިކޮށްފައެވެ.