އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް، ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހަށް ފޮނުވަން ނިންމުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ ޢައިރު ދޫސްތޫރީ އަމަލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު ވިދާޅުވީ، މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ގައި ގާނޫނުއަސާސީގެ ވެރިކަން ފެށުނުއިރަށް ވުރެވެސް ގޯސް ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމާ ލަފުގައި ހިފައި އެއްލައިލެވޭ މަގާމެއް ނޫން ކަމަށް ވިދާޅުވެ، ޑރ. ޖަމީލް ވަނީ ޖޭއެސްސީން ކޮށްފައިވަނީ މުޅިން ޣައިރު ދުސްތޫރީ އަމަލެއް ކަމަށް ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށް، ފަނޑިޔާރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީން ނިންމި ނިންމުން ކުށްވެރިކޮށް އޭނާ ވަނީ މިކަމުގެ ނަތީޖާ ހިތި ގޮތަކަށް ޖޭއެސްސީއަށް ލިބޭނެ ކަން ސިފަ ކުރައްވާ، އެ އިލޮށިގަނޑު އަދި ލޮލަށް ހެރޭނެ ކަމަށް ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަގުތީ ގޮތުން ފަނޑިޔާރު ކަމުން ދުރުކުރުމަށް ޖޭއެސްސީން މިއަދު ނިންމާފައިވަނީ އެ ދެބޭފުޅުންނާއި ބެހޭ ގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި މި ދެބޭފުޅުން 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާއިރު، ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.
ޖޭއެސްސީން ބުނީ، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދާއި ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް މި ދެބޭފުޅުން ކޮށްފައިވާ ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ކޮމިޓީއަށް ފެންނަ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރުމުގެ ޤާނޫނީ ހައިޞިއްޔަތު ޖޭއެސްސީއަށް ލިބިގެނެއް ނުވެ. އަދި މަޖިލީހަށް ފޮނުވާފައވަނީވެސް ޤާނޫނާއި ޚިލާފަށް. ރައީސުލް ޖުމްހޫރިއްޔާއާއި މަޖިލީހުގެ ރައީސްވެސް ސަސްޕެންޑް ކުރެވޭނެ އެހެންނަމަ. އެބާރު ލިބިގެން ނުވެ. ޢަޒުލްކުރުމަށް ފޮނުވިދާނެ އެކަމު ސަސްޕެންޑް ނުކުރެވޭނެ. އަދި ހިނގާނީވެސް ރައީސް ވަކި ކުރުމުގެ ޕްރޮސިޖަރ. ބާރު އޮތީމާ ހިތުހުރި ގޮތަކަށް ހެދިދާނެ. އެކަމު އަނބުރާ އައިސް އެކަން ޖެހޭނެ އަންނި ސަސްޕެންޑްކުރަން ރައްޔިތުން ނިކުންނަންޖެހޭ
ޖަހާހާ ބެރަކަށް ނަށަމުންދިޔަ ފަނޑިޔާރުންގެ ޒަމާން ހަމަވީ. ދެން ބޭނުންހާގޮތަކަށް ހުކުމްލިޔެ ބޭނުންގޮތަކަށް މީހުންގެ ހައްގު ފޭރިއެނުގަނެވޭނެ.
މި އޮތީ ދެފައި ބާނާފަ...