300 މިލިއަން ޑޮލަރުގެ "ސަމުރާއީ ޓްރެޒަރީ ބޮންޑު" ޖަޕާނަށް ވިއްކުމަށް ނިންމައިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ދަށްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓު ޑެފިސިޓު ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ޓްރެޒަރީ ބޮންޑު ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އަމިރު ވިދާޅުވީ އަންނަ އަހަރު ވިއްކަން ހަމަޖެހިފަިވާ މި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 0.75 އިންސައްތަކަމަށާއި އޭގެތެރޭގައި ގެރެންޓީ ފީ އާއި މެނޭޖްމެންޓް ފީ ހިމެނޭނެކަަމަށެވެ. އެހެންކަމުން 0.75 އިންސައްތައަށްވުރެ އިންޓްރެސްޓް ރޭޓް މަތި ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް އަމިރު ވަނީ ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ ސަރުކާރުން 300 މިލިއަން ޑޮލަރު އެއްފަހަރާ ޕްލޭސްކުރާން ހަމަޖެހިފައި ވާ ކަމަށާއި، ނަމަވެސް 300 މިލިއަން ޑޮލަރު އެއްފަހަރާ ޕްލޭސް ކުރާނީ ތިން ޓްރާންޗެއްގެ ގޮތުގައި ކަމަށެވެ. ބަޖެޓް ޑެފިސިޓް ހަމަޖެއްސުމަށްޓަކައި ފައިސާ ރައްކާ ކުރެވިފައިވާ ނިޒާމެއް ނެތުމުން އަންނަ އަހަރުގެ ބަޖެޓް ޑެސިފިޓް ހަމަސައްޖަން ނިންމާފައި ވަނީ ޓްރެޒަރީ ބޮންޑާއި ޓީބިލް ވިއްކައިގެން ކަމަށެވެ.

ސަމުރާއީ ބޮންޑަކީ ޖަޕަނީސް ޔެން އިން އަގުކުރާ އަދި އެ ގައުމުން ބޭރުގެ ފަރާތްތަކުން ވިއްކާ ބޮޑެކެވެ.