އިންޑިއާގެ އުތުރުގެ ސަރަހައްދުތަކާ ޕާކިސްތާނުގެ ބައެއް ހިސާބުތަކުގެ ވައި އިންތިހާއަށް ތަޣައްޔަރުވަމުންދާ މައްސަލާގައި ދެގައުމުގެ ސިޔާސީ ޝަހްސުންގެ މެދުގައި އިތުރު ކޯޅުންތަކެއް ފަށައިފިއެވެ.

ޕާކިސްތާނުގެ ލާހޯރް ފަދަ ސިޓީތަކުގައި އިންތިހާ ދަރަޖައަށް ވައި ނުސާފުވެފައިވަނީ ދެގައުމު ހިއްސާކުރާ ސަރަހައްދީ އިމުގެ އިންޑިއާއާއި ވީ ފަޅީގައި ދަނޑުބިންތައް އަނދަމުންދާތީ ކަމަށް ޕާކިސްތާނުގެ ވަޒީރުން ދަނީ ވިދާޅުވަމުންނެވެ.

މި ދުވަސްވަރަކީ އަންނަ މޫސުމަށް ދަނޑުބިންތައް ސާފުކުރުމުގެ ގޮތުން އިންޑިއާގެ ދަނޑުތަކުގައި އާންމުކޮށް ރޯކުރަމުންދާ ދުވަސްވަރެކެވެ. ނަމަވެސް މި ފަދައިން ދަނޑުބިންތައް އެނދުމުގެ ސަބަބުން އިންތިހާއަށް ވިހަ ދުމުން ވައި ތަޣައްޔަރުވެއެވެ.

ސަރަހައްދީ އިމުގެ އިންޑިއާއާއި ވީ ފަޅިން ބުނާ ގޮތުގައި ވެރިރަށް ނިއު ދިއްލީގެ ވައި ތަޣައްޔަރުވަނީ ޕާކިސްތާނު ނުވަތަ ޗައިނާގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

ކޮންމެ ގޮތަކަށް ކަނހިނގި ކަމުގައި ވީ ނަމަވެސް ޔަގީންވާ އެއްކަމަކީ ވައި ތަޣައްޔަރުވަމުންދާ ކަމެވެ. އަދި މީހުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށްވެސް ބައެއް ހިސާބުތަކުގައި ވައި ތަޣައްޔަރުވެފައިވާކެމެވެ.