ޖަޕާނުގެ ބައެއް ކުންފުނިތަކުން، އެކުންފުނިތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް އައިނު އެޅުން މަނާ ކުރުމާއެކު އެ މައްސަލަ ހޫނުވެއްޖެއެވެ.

ޖަޕާނުގެ ޚަބަރުތައް ބުނާ ގޮތުގައި އެގައުމުގެ ބައެއް ކުންފުނިތަކުން މިފަދަ ނިންމުމެއް ނިންމީ ތަފާތު އެކި ހިސާބަބުތަކާއި ހެދިއެވެ.

ޖަޕާނުގެ ބައެއް ކުންފުނިތަކުން ބުނާ ގޮތުގައި ސޭލްސް އެސިސްޓަންޓުން ފަދަ ވަޒީފާތަކުގައި އުޅޭ އަންހެން މުވައްޒަފުން އައިނު އެޅުމުން، ކަސްޓަމަރުންނާ ބީރައްޓެހި 'ރުޅިވެރި' ރޫހެއް އުފެދެއެވެ. ވައިގެ އުދުހުންތަކާ ގުޅޭ ކުންފުނިތަކުން މިކަން ކުރީ 'ސަލާމަތީ ސަބަބުތަކަކަށް' ކަމަށް ބުނެ ކަމަށްވާއިރު، ރީތިވުމާ ޒީނަތްތެރިކަމާ ގުޅޭ ކުންފުނިތަކުން މިފިޔަވަޅު އެޅީ މޭކަޕްގެ އެންމެ ފުރިހަމަ 'ނަލަކަން' ނުފެންނަ ކަމަށް ބުނުމަށްފަހުގައެވެ.

ޖަޕާނުގެ ކުންފުނިތަކުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ކީއްވެކަން އަދި ކަށަވަރުކުރެވޭ ގޮތެއް ނުވެއެވެ.

މިއާއެކު ޖަޕާނުގެ އަންހެން މުވައްޒަފުން ވަޒީފާއަށް ނިކުންނައިރު ހެދުން އަޅަންވީ ގޮތާ މެދު ސޯޝަލް މީޑިއާގައި ވަނީ ހޫނު ބަހުސްތަކެއް ފަށާފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ބޯދާ ފިކުރުގެ އުސޫލެކެވެ. އަދި މިއީ ޖިންސުގެ ގޮތުން ތަފާތުކުރުމެވެ.