އަވައްޓެރި ސްރީލަންކާގައި ބުދު ތަކަކަށް ގެއްލުން ދިން މައްސަލައެއްގައި ދިވެއްސަކު ހޯދަން އެ ގައުމުގެ ސީއައިޑީން އިއުލާނުކޮށްފިއެވެ.
ލަންކާގެ ސީއައިޑީން ކުރި އިއުލާނުގައި ބުނެފައި ވަނީ ހޯދަން އިއުލާނު ކުރި ދިވެއްސަކީ ބުދުތަކަށް ހަމަލާ ދިން މީހާ އަށް އެހީތެރިވެ ދީފައިވާ މީހެއް ކަމަށެވެ.
ލަންކާގެ އަވަށެއް ކަމުގައިވާ މަނަވެއްލާ އަވަށުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިނގި މި ހާދިސާ އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ގައުމުގެ ސީއައިޑީއިން ދަނީ ބަލަމުންނެވެ.
ތަހުގީގު ކުރަމުން އަންނަ މި މައްސަލައިގައި ހިމެނޭ ދިވެހި މީހާ އަކީ އުމުރުން 30-35 އަހަރާއި ދެމެދުގެ ދިވެއްސެއް ކަމުގައި ވީ ނަމަވެސް މި މައްސަލއަިގާ އަމަލީ ގޮތުން މިކަން ކޮށްފައި ވަނީ ދިވެއްސެއް ކަމެއް ލަންކާގެ ސީއައިޑީ އިން ބުނެފައެއް ނުވެއެވެ.