ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަން ޖެހިވަޑައިގަންނަވަނީ، އެކި އެކި ކަންކަމުގައި ދިވެހިންނާ ބީރައްޓެހި، ގައުމީ އަދި ދީނީ އެއްބައިވަންތަކަށް ގެއްލޭ މިންވަރަށް ނަޝީދު ވާހަކަފުޅު ދައްކަވާތީ ކަމަށް ގާސިމް ވިދާޅުވުމުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ފާޑުކިއުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް އަމާޒުވެއްޖެއެވެ.
އެގޮތުން، އިންތި ވދާޅުވީ، ރައީސް ނަޝީދު ބީރައްޓެހި ވާހަކަ ދެއްކެވިއަސް، ރައީސް ނަޝީދަކީ ދިވެހިންގެ ލޯއްބާއި ތާއިދު އެންމެ ބޮޑަށް ލިބިވަޑައިގެންފައިވާ "މީހާ" ކަމަށެވެ. އަދި "އެއީ ރަލާ އޫރުމަސް ވިއްކާ މީހާ އާއި ރަލާ އޫރުމަސް ނުވިއްކާ މީހާގެ ހުންނަ ތަފާތުކަން ތޯ؟" އައްސަވާ އިންތި ވަނީ އޭނާގެ ސުވާލު ގާސިމަށް އަމާޒުކުރައްވާފައެވެ.
ރައީސް ނަޝީދު ދިވެހިންނާއި ބީރައްޓެހި ވާހަކަ ދައްކަވާ ކަމަށް ޖޭޕީން ބުނީ، ސަރުކާރުގައި އޮވެގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ސަރުކާރަށް އަދި ސަރުކާރު ހިންގާ ޕާޓީ އަށް ވެސް ފާޑުވިދާޅުވެގެން ނުވާނެ ކަމަށާއި، ސަރުކާރުން ހިންގާ މައިޕާޓީއަކީ އެމްޑީޕީ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ. އާޒިމް ވަނީ ކޯލިޝަނެއްގެ ގޮތުގައި އޮތްނަމަވެސް ސަރުކާރުން ހިންގާ މެޖޯރިޓީއަކީވެސް އެމްޑީޕީ ކަމަށް ވިދާޅުވެ އެމްޑީޕީއަށް ފާޑުވިދާޅުވާ ނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ވެސް އަދި ޖުމްހޫރީ ޕާޓީ ވެސް ކޯލިޝަނުން ނިކުމެގެން ދާންވީ ކަމަށް ވިދާޅުވެފައެވެ.
އާޒިމްގެ ވާހަކަތަކާ ގުޅިގެން ޖޭޕީން ބުނީ، އެ ޕާޓީން މިހާތަނަށް މި ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް މިންވަރަކަށް ފާޑުކިޔާފައި ނުވާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ކުރައްވާ ކަންކަމަށާއި ދައްކަވާ ވާހަކަތަކަށް ފާޑުކިޔަން ޖެހެނީ، އެކި އެކި ކަންކަމުގައި ދިވެހިންނާ ބީރައްޓެހި، ގައުމީ އަދި ދީނީ އެއްބައިވަންތަކަށް ގެއްލޭ މިންވަރަށް ވާހަކަފުޅުދައްކަވާތީ ކަމަށާއި، ކޯލިޝަނުގައި ޖޭޕީ އޮތް ނަމަވެސް އިސްލާމް ދީނާއި ގައުމާއި ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކުރާ ނަމަ އެކަމާ ދެކޮޅަށް ވާހަކަ ދައްކާނެ ކަމަށް ޖޭޕީން ބުނެފައިވެއެވެ.
ގާސިމް ރަލާ.އޫރު މަސް ވިއްކަނީ އަންނި ކަނީ......
ބަގާވާތުގެ ވާހަދައް ކާއިރު 3 ނޮވެންބަރުގަ ބަގާވަތް ކުރިގޮތުގެ ވާހަކަ ދައްކަންވީއެއްނޫން މަސްއޮޑިނަސީމުއާ ސިއްކަ އަހުމަދު މަނާ ސަގަރުނާސިރާ ލުތުފީ މިބޭފުޅުން ކުރިބަގާވަތް ކޮބާތޯ މިބޭފުޅުން ކުތީބަގާވާތެކައްނުވެ 2008 ގެވެރިކަން އެމަނިކުފާނު އަމިލައައް ވެރިކަން ދޫކޮއްލާފަ ދިއައިމާ ވީބަގާވާތަކައް އެމަނިކުފާނު ޕޯޑިއަމް ކުރިމަތީ ހުރެ އަމިލަޔައް އިސްތިއުފާދިނީމާ ވީބަގާވާތަކައް
އެމްޑީ ޕީއޭކިޔާ ބައިގަޑަކައް ދީނެއް ނޯވޭ އެބައިގަޑު ބޭނުން ވަ ނީ މާތްވެގެންވާ އިސްލާމް ދީން މިގައުމުން ފުހެލަން އެކަން އެގޮތަކަށް ވިޔަކުނުދޭނެ * ﷲއިރާދުފުޅުކުރެއް ވީއާ މިގައުމުގެ ރައްޔަތުންނެއް އެމްޑީ ޕީއޭކިޔާ ބައިގަޑު ބަލިކުރައް ވާނެ ﷲ އިރާދު ފުޅުކުރެއްވީއާ