މަކިޓާ ހެއްޔާ މުބާރާތުގެ އިނާމު ހަވާލުކޮށްފިއެވެ.
މަކިޓާ ހެއްޔާ ޕްރޮމޯޝަނާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދިޔަ މުބާރާތުގެ އެއްވަނައަށް އައި ފަރާތަށް އިނާމު ހަވާލުކޮށްފިއެވެ. މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދިޔަ މި މުބާރާތުގެ އެއްވަނައަށް ގޮސްފައިވާ ފަރާތަށް އިނާމު ހަވާލުކުރުމަށް ރޭ އެސްޓީއޯ ޓްރެއިންނިގް ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި މަކިޓާ ކުންފުނީގެ އިސް ބައެއް ވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިއަ މި މުބާރަތުގެ ވަނަ ހޮވާފައި ވަނީ ޖަޖުންގެ 50 ޕަސެންޓް އަދި އާމުންގެ ފޭސްބުކް ލައިކްއަށް ބެލުމަށްފަހު އާއްމުންގެ 50 ޕަސެންޓް ލިބިގެންނެވެ. މި މުބާރާތުގެ ޖަޖުންގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ކަލްޗަރަލް ހެރިޓޭޖް މެނޭޖާ އަހުމަދު ހާޝިމްއާއި ލަކުޑި ވަޑާމުގެ ފަންނުވެރިއެއްކަމަށްވާ އަހުމަދު ޝަފީއު މަހުމޫދުއެވެ.
މިމުބާރާތުން އެއްވަނައަށް ގޮސްފައިވަނީ އަހުމަދު ސަލީމް (މާޒް ސަލީމް)އެވެ. އެއްވަނައަށް ހޮވުނު ފަރާތަށްވަނީ އިނާމުގެ ގޮތުގައި މަކިޓާގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން ބައިލައްކަ ރުފިޔާގެ ތަކެތި ދީފައެވެ. އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. މި މުބާރާތާއެކު ކުރިޔަށް ގެންދިޔަ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ކަސްޓަމަރުންނަސް ޑިސްކައުންޓް ދީފައިވެއެވެ.