މާލޭގެ އެންމެ ހިތްފަސޭހަ ސަރަހައްދުގެ ގޮތުގައި ތަރައްގީވަމުން އަންނަ ސިނަމާލެ ބްރިޖު ޕާކު ނުވަތަ އަޑިޕާކުގައި އިމާރާތެއް ހަދަނީ ރައީސް އޮފީހުންވެސް އެކަމުގައި އާނބަސް ބުނެފައި އޮތުމުން ކަން އެނގިއްޖެއެވެ.
"ދަ ޕްރެސް" އަށް ލިބިފައިވާ ސިޓީއަކުން އެކަން އެނގެން އޮތް ނަމަވެސް އެ ސިޓީގެ ސައްހަކާމާމެދު ސުވާލު އުފެދެއެވެ. ރައީސް އޮފީހުގެ ތައްގަނޑު ޖަހާ އަހުމަދު ނަސީމުގެ ސޮއި އޮތް އެ ސިޓީގައި ލެޓާހެޑްގެ ހެޑާއެއް އަދި ފްޓާއެއްވެސް ނެތެވެ.
ސިޓީގައި އޮތީ ކުރު ދެ ޕެރަގްރާފެކެވެ. މެސެޖު ސާފެވެ. ފުރަތަމަ ޕެރަގްރާފުގައި ބުނެފައި އޮތީ، "މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތް ކޮޅުގައި ހަދާ ޕާކު މިއަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި" ކަމަށެވެ.
ދެވަނަ ޕެރަގްރާފުގައި އޮތީ، "ރައީސްގެ ނިންމެވުމާ އެއްގޮތަށް ނުނިމި ހުރި މަސައްކަތްތައް ރޭވިގެން ކަމާބެހޭ ފަރާތްތަކާއެކު ޕާކުގެ މަސައްކަތް ނިންމުމަށް" އެދިފައެވެ.
މި ސިޓީއާ ގުޅިގެން، ރައީސް އޮފީހުން ފޮނުވާ ސިޓީތަކާ ނޯޓުތަކުގައި ލެޓާހެޑް އަދި ނަންބަރެއް އޮންނަން ނުޖެހޭތޯ ސުވާލު ކުރުމުން އެ އޮފީހުން ބުނީ، ސިޓީއެއްގައި ވިއްޔާ ނަންބަރާ އޮފީހުގެ ނަން އޮންނާނެ ކަމަށެވެ. އަދި ނޯޓެއްގައި ނަމަ ބައެއް ފަހަރު ނަންބަރެއް ނެތް ނަމަވެސް، ނޯޓުގައިވެސް އޮފީހުގެ ނަން އޮންނާނެ ކަމަށެވެ.
ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ސަރުކާރުން އެ މަސައްކަތް ބީލަމަށް ނުލަނީ، އެ މަސައްކަތްކީ ނޮވެމްބަރު 11 އަށް ނިންމުމަށްޓަކައި ރައީސްގެ ހާއްސަ އެންގެވުމަކުން ހިނގާ ކަމަކަށް ވާނަމަ، އަމުދުން ލެޓާހެޑްގެ ބޯ އޮންނާނެކަމަށް ގަބޫލު ކުރެވެއެވެ.
ސިޓީގެ އަސްލާމެދު ސުވާލު އުފެދޭ އިރު، ބިޑަކާވެސް ނުލައި އެ ބިމުގައި 2 މިލިއަނެއްހާ ރުފިޔާއަށް އަގު ކިޔައިގެން އިމާރާތެއް ކޮޅަށް ޖަހާ ގޮތަކާމެދު ސުވާލު އުފެދެއެވެ. އަދި އެތާނގައި މަސައްކަތް ކުރަމުންދާ އަމީން ކޮންސްޓްރަކްޝަނުން އެ މަސައްކަތް ކުރަނީ ކޮން އުސޫލަކުންތޯވެސް ސުވާލު އުފެދެއެވެ. ކުރެހުމެއްވެސް ނެތި ހަދާ ނިންމާ ހިޔާ ކުރަން ތައްޔާރުވެފައި ހުރި އިމާރާތުގައި 300-500 އަކަފޫޓު ހުންނާނެ ކަމަށް ބެލެވެއެވެ. ބާޒާރުގެ އަގުތަކަށް ބަލާއިރު 800 އަކަފޫޓުގެ ދެ ބުރި ޝީޓު އަޅާ ކޮމްޕްލީޓް ކުރަންވެސް ދެ މިލިއަން ރުފިޔާ ނުދެއެވެ. އަޑިޕާކުގައި ހަދާ އިމާރާތުގައި ވަށާ ފާރު ރާނާ ބީމެއް ދުއްވުމަށް ފަހު ހިޔާކޮށް ސިމެންތި ޖަހާ ކުލަލުމެ އިތުރަށް ކުރާނެ ކަމަކީ، ކަރަންޓުލައި ބޮކި، ހޮޅިބުރި ލުން ކަމަށް ގަބޫލު ކުރެވެއެވެ. އެހެންކަމަށް ވާނަމަ، އެ މަސައްކަތަކަށް 2 މިލިއަން ރުފިޔާއެއް ނުދާނެއެވެ.
އަޑިޕާކު ނުވަތަ ބްރިޖު ޕާކުގައި އެ އިމާރާތެއް ހަދަނީ ކުރެހުމެއްވެސް ނެތިކަން "ދަ ޕްރެސް" އާ މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުނެފައިވެއެވެ. އަދި އެފަރާތުން ހިއްސާ ކުރި ޕާކުގެ ކުރެހުމުގައި އެ އިމާރާތެއް ނުވެސް ނެތެވެ.
ކުރެހުމުން ފެންނަނީ ކުޅިވަރުގެ ބައެއް އާލާތްތަކާއެކު މާ ސިންގާކޮށް އޮތް ބޮޑު ހުސް ޕާކެކެވެ. ނަމަވެސް އަޑިޕާކު ތަރައްގީ ކުރާ އިރު އެތަނުގައި ގާޑު ރޫމާއި ފާހާނާ ބަރިއެއްގެ އިތުރުން އެންޓްރެންސް ކެނޮޕީއެއް ހެދުން ހިމެނޭކަން އެނގިފައިވެއެވެ. އަދި ލައިފް ގާޑު ޓަވަރެއް ވެސް ހިމެނެއެވެ.
އަޑިޕާކުގައި ހަދަމުންދާ އިމާރާތާ ގުޅިގެން، މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަދި ކައުންސިލްގައި އޮންނަ ބިޑްކޮމެޓީގެ މުގައްރިރު މުހައްމަދު ފަޒީން ވަނީ އެ ވާހަކަތައް މީޑިއާތަކުގައާއި އޭނާގެ އަމިއްލަ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ތަނުގައި އެ އިމާރާތް ހެދުމުގެ މަސައްކަތް ބިޑް ކޮމެޓީއަށް ދިޔަ އިރުވެސް އެތަނުގައި އިމާރާތްކޮށް ނިމެނީ ކަމަށެވެ.
އޭނާ ވިދާޅުފައިވަނީ ބިޑް ކޮމެޓީއަށް ހުށަހެޅުމާއެކު ބިޑަށް ހުޅުވާލައިގެން ވީ އެންމެ އަވަހަކަށް ބަޔަކާ ހަވާލު ކުރެވޭތޯ ބެއްލެވި އިރު، އެތަން ބަޔަކު އިމާރާތް ކޮށް ނިމްމަނީ ކަމަށެވެ. އޭނާ އޭސީސީ ޓެގްކުރައްވައި ޓްވީޓެއް ކުރައްވަމުން ވިދާޅުވެފައި ވަނީ "މިވަރު ވީމަވެސް ބަލަން ހުންނަން ވީ" ތޯއެވެ.
އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އެވާހަކަ އޭނާ މީޑިއާއާ ހިއްސާ ކުރެއްވުމުގެ ސަބަބުން އެ ކައުންސިލްގެ ލީގަލް އޮފިސަރު އަލީ ނަސީރު ގާސިމް، އޭނާއާއި އާއިލާގެ މެންބަރުނަށް އިންޒާރު ދީފައިވާ ކަމަށެވެ.
ރޯމާ ދުވާލު ހިންގާ އެ 'ޖަރީމާގެ' ވާހަކަ ފަޒީން މީޑިއާ އާ ހިއްސާ ކުރެއްވި އިރު، ކައުންސިލްގެ ބިޑު ކޮމެޓީގެ ސުވާލުތަކާ ގުޅިގެން 'ބެކްޑޭޓް' ގައި އެއްބަސްވުން ހަދުވަން މަސައްކަތް ކުރިކަންވެސް ވަނީ އެނގިފައެވެ. އެކަން އެގޮތަށް ކުރަން ބާރު އެޅީ އެތާނގައި އިމާރާތް ކުރަމުންދާ އަމީން ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ދީފައި ވަނީ އުސޫލުތަކުގެ ތެރެއިންކަން ދެއްކުމަށް ކަމަށް ބެލެވެއެވެ.
ޖުމްލަ އަގު 1.9 މިލިއަން ރުފިޔާގެ އެ މަސައްކަތާ ގުޅޭ ގޮތުން ކައުންސިލުން ފިނޭންސަށް ސިޓީއެއްވެސް ފޮނުވިއެވެ. އެސިޓީގެ ޖަވާބުގައި ފިނޭންސުން ބުނެފައިވަނީ 35 ހާސް ރުފިޔާއާއި 2.5 މިލިއަން ރުފިޔާއާ ދެމެދުގެ މަސައްކަތެއް ކަމަށް ވާތީ، އެކަން ކައުންސިލްގައި އޮންނަ ބިޑް ކޮމެޓީގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މައްސަލަ އުފެދިގެން މިއުޅެނީ، ބިޑް ކޮމެޓީއާ ހަމައަށް ދިޔަ އިރު އެތާނގައި އަޅަމުންދާ އިމާރާތް ނިމި ހިޔާ ކުރަން ފައްކާވެފައި ހުރި ގޮތް ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއަށް މިހާރު ފައްތާލެވޭނެ ގޮތެއް ނުވެގެންނެވެ.
ބިޑް ކޮމެޓީގެ މުގައްރިއު ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ކައުންސިލްގައި ބައެއް ފަރާތްތަކުން ގާނޫނާ ހިލާފަށް ކަންކަން ނިންމަން މަސައްކަތް ކުރާކަމަށް ވިދާޅުވެ އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށްވެސް އެކަން ގެންނަވާފައެވެ. މީގެ އިތުރުން އަޑިޕާކު އިމާރާތުގެ މައްސަލައާ ގުޅިގެން ކައުންސިލް މެންބަރުގެ ތެރޭގައި ހިޔާލުތަފާތުވެ ނުތަނަވަސްކަންވެސް އުފެދިފައިވާކަން ވަނީ އެނގިފައެވެ.
"ޒީރޯ ޓޮލަރެންސް" ގެ ސްލޯގަނާއެކު އައި މިސަރުކާރު އާންމުން 'ރޭޓް' ކުރަން ފަށާފައިވާ ދަނޑިވަޅެއްގައި މިފަދަ ކަމެއް ފެންމަތިވުމަކީ މާލޭ ސިޓީ ކައުންސިލްގެ އިންޓަގްރިޓީ ނުވަތަ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭނެ ކަމެކެވެ.
ސިޓީ ކައުންސިލާ ގުޅުވައި އާންމުން ގިނަ ވާހަކަތަކެއް ދައްކަމުން ގެންދާ އިރު، މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ކުރިން ވިދާޅުވެފައި ވަނީ ލޮނުޒިޔާރަތްކޮޅު ޕާކާއި، އާޓިފިޝަލް ބީޗް ތަރައްގީ ކުރަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ކަމަށެވެ. އަދި ހެޔޮ އެދޭ ފަރާތްތަކުން ދެނީ ތަކެތި ކަމަށާއި ފައިސާގެ އެހީ ނުލިބޭ ކަމަށެވެ. އަދި ފައިސާއެއް ލިބޭނަމަ އެ ފައިސާއެއް ލިޔެކިޔުމުން އެކައުންޓް ކުރެވިފައި ހުންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ސިޓީ ކައުންސިލްގެ ބައެއް މެންބަރުންގެ ފަރާތުން އެނގުނު ގޮތުގައި، ލޮނުޒިޔާރަތްކޮޅު ޕާކާއި އާޓިފިޝަލް ބީޗު ސަހަރައްދު ތަރައްގީ ކުރުމަށް ތަކެތީގެ އިތުރުން ފައިސާވެސް ލިބެއެވެ. ނަމަވެސް އެ ފައިސާ އެކައުންޓަށް ވަން ކަމާމެދު އެ މެންބަރުން ވަނީ ސުވާލު އުފައްދަވާފައެވެ. އެ މެންބަރުން އިތުރަށް ވިދާޅުވެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މުސްތަގިއްލުކަން ގެއްލި، ބައެއް ފަަހަރު ކައުންސިލްގެ ވެރިއަކީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމު ކަމަށް ސިފަވާ ފަހަރުވެސް ދާ ކަމަށެވެ.
ޒީރޯވެގެންއުޅޭ އެމް ޑީޕީ ކުދިން ކިޔާލަން ރަނގަޅު ލިޔުންކޮޅެއް ދެން މިވާނީ ހަކުރައް
އަޅުގަނޑު ގަބޫލު ކުރަނީ ރައީސް ތިޔަ ކަމާ ފިޔަވަޅު އަޅުއްވާ ނަސީމާއި ޝިފާ މަގާމުން ދުރުކުރައްވާނެ ކަމަށް. ގައިމުވެސް ނަސީމު ބޭރުކުރަން ޖެހިފައި އެއޮތީ. ވަގު ސިޓީއެއް ހަދާފަ ފޮނުވަފަ އެއޮތީ ރައީސް ވިދާލުވިއޭ ކިޔާފަ.
އެވަރުކަމެއްތަ އެތާ ފާހާނާ ބަރިއެއް ހެދިއްޔާ. އެއޮތީ ރައީސް އަންގަވާފަނު ނޮވެމްބަރު 11 އަށް ނިންމަން.
އެވަރުކަމެއް އެއީ. އެ ސިޓީގައި ހެޑާ އާއި ފްޓާ ނެތީ ކީއްވެ. އެއީ ވައްކަން ހަމަ، ރައީސް ސޯލިހަކީ އެގޮތަށް އެކަން ކުރައްވާނެ ބޭފުޅެއް ނޫން. ޔަގީނޭ ރައީސް ސޯލިހަށް އެކައްޗެއްވެސް މި ބައިގަނޑު ނާންގާނެ. މިކަން ވީ ގޮތެއް ރައީސަކަށް އެނގިވަޑައެއް ނުގަންނަވާނެ. އެނގިވަޑައިގަންނަވާ އިރަށް ފިޔަވަޅު އަޅުއްވާނެ.
ތީ ހަމަ ޑޭލައިޓް ރޮބަރީ، ދައުލަތް ދަވާ ހުސްކޮށްލަނީ.
ނޫނޭ ވާ ސާބަށް ޝިފާ ކަލެއަށް، އަދި ބުނެއްޕެނުން އަންނަ ފަހަރުވެސް ކުރިމަތިލާނަމޭ. ތިހިރީ ހޮވިފަ ދެން. ވައްކަމާ ކޮރަޕްޝަން ހިންގާކަށް ރައްޔިތުން ޖާގައެއް ނުދޭނެ. ކަލޭމެން ހީކުރަނީ އަންނި ރައީސްކަން ކުރި ދުވަސްވަރު ކަން ކުރި ގޮތަށް ގައުމު ދޮވެލެވިދާނެތަ، ނޫނީ ޔާމީނު ވެރިކަމުގައި މުޅި ގައުމަށް ބައި އަޅައިގެން ކެ ގޮތަށް ކެވިދާނެ ކަމަށްތަ؟ އެކަމެއް ނުވާނެ. ތި ކުޅިވަރު ހުއްޓާލާފަ، ތެދުވެރިވޭ. އިސްލާހުވެ ތައުބާ ވޭ.
ތިޔަ ފެންނަނީ 0 ވެގެން އުޅޭ ސަރުކާރުގެ 0 ޓޮަލަރެންސް. މި ސަރުކާރަށް މަ ސަލާމް ދެން.
ޝިފާއާ މަސީމަކީ ދެބެން. ނަސީމު ސްޓާފުންނަށްވެސް އަމުރު ކުރޭ. ހީވަނީ ތަނުގެ ވެރިއަކީ އޭނާހެން. އެދެމީހުން މޮޑޭ ފުއްގަނޑަކަށް ކައުންސިލް ހަދައިފި
ނަސީމުމެން ހީކުރަނީ ވިދާޅުވިއޭ ވިދާޅުވިއޭ ކިޔައިގެން ޖަރީމާ ހިންގި ދާނެ ކަމަށް. ކުރިން ޝާހިދުވެސް މުޅިން ކިޔާނީ ވިދާޅުވިއޭ ވިދާޅުވިއޭ. މައުމޫނަށް އޭރު ދޮންކަޅުވެސް ނޭނގޭ، ހަމަ އެ ކުޅި ކުޅެން މިބައިގަނޑު މިއުޅެނީ.