ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންޑަސްކޯޕް ބޭނުންކޮށްގެން އޭޑީކޭ ހޮސްޕިޓަލުން ގޮހޮރުގެ އޮޕަރޭޝާނެއް ކޮށްފިއެވެ.

މި ސާޖަރީއާއި ބެހޭގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އޭޑީކޭން ބުނީ މިދިޔަ ހަފްތާގައި ކުރި ގޮހޮރުގެ އެ އޮޕަރޭޝަނަކީ ރާއްޖޭގައި ކުރާ ސާޖަރީއެއް ނަމަވެސް މިފަހަރުގެ ސާޖަރީ ކޮށްފައި ވަނީ އެންޑޮސްކޯޕް ބޭނުންކޮށްގެން ކަމަށެވެ.

އޭޑީކޭގެ ސާޖިކަލް ޓީމުން ހަތަރު ގަޑިއިރު ހޭދަކޮށްގެން ކޮށްފައި ވަނީ ދިވެއްސެއްގެ އޮޕަރޭޝަން ކަމަށާއި މިހާރު އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް އޭޑީކޭއިން ބުނެއެވެ.

ރާއްޖޭގައި އާންމުކޮށް ގޮހޮރުގެ އޮޕަރޭޝާން ކުރަނީ ބަނޑު ފަޅައިގެން ކަމަށާއި އެކަމަކު މި އޮޕަރޭޝާން ކޮށްފައިވަނީ ބަނޑު ތޮރުފައިގެން، ތިން ލޯވަޅު ބަނޑުގައައި އަޅައިގެންނެވެ. އެގޮތުން އެތަނުން އެއް ލޯވަޅު ތެރެއިން ކެމެރާއެއް ލައްވަނީ ކަމަށާއި އަނެއް ދެ ލޯވަޅު ތެރެއިން އޮޕަރޭޝަން ކުރަން ބޭނުން ކުރާ އާލާތްތައް ލައްވައިގެންނެވެ.