ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސްޕޮންސާ ކޮށްގެން ބޭއްވި "އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން" ނިންމާލައިފިއެވެ.

އޮކްޓޯބަރު 19 ން 21 އަށް ހޮޓެލް ޖެންއާއި އައިޖީއެމްއެޗްގެ އޯކިޑް ހޯލުގައި މި ސެޝަންތައް ކުރިޔަށް ގެންގޮސްފައި ވަނީ ޓްރޭނިންގް އާއި ސީ.އެމް.އީ ހިމެނޭ ގޮތަށެވެ.

އައިޖީއެމްއެޗްގެ ލެބޯޓްރީ މެޑިސިން، ނޭޝަނަލް ހެލްތު ކެއާ އެކަޑެމީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް ޓްރާންސްފިއުޝަން މެޑިސިންގެ އިތުރުން އެސްޓީއޯ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ސްޕޮންސާ ކޮށް އިންތިޒާމްކުރުމުގައި އެސްޓީއޯއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މި ޝެޝަންތަކުގައި އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސް، މޯލްޑިވިއަން ބްލަޑް ސާވިސް، ހުޅުމާލޭ ހޮސްޕިޓަލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް، އޭ.ޑީ.ކޭ، ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން އަދި ނަރުހުންނާއި އެކު 150 އެއްހާ ބޭފުޅުން މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި މަހުގެ 19 ވަނަ ދުވަހު ކުރިޔަށްގެންދިޔަ "ޓްރޭނިންގ ޕްރޮގްރާމް އޮން ކްލިނިކަލް ޓްރާންސްފިއުޝަންއެންޑް ލެބޯޓްރީ ޕްރެކްޓިސަސް" އަކީ ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށް ހާއްސަކޮށްގެން ގެންދެވުނު ސެޝަނެކެވެ. މީގެ އިތުރުން ޓްރާންސްފިއުޝަން ޕްރެކްޓިސަސްގެ އަޕްޑޭޓްތަކާއި ބެހޭގޮތުން ޑޮކްޓަރުންނަށް އެނގެންޖެހޭ ބައިތަކަށް ހާއްސަ ކޮށްގެންވެސް ޑޮކްޓަރުންނަށް ހާއްސަ ސެޝަންތަކެއްވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން ޓްރާންސްފިއުޝަން އެންޑް ޕޭޝަންޓް ކެއަރ، ގައި ނަރުހުންނަށް ކޮންމެހެން އެނގެންޖެހޭނޭ ކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.