އެމްޑީއެންގެ ރިޕޯޓުގައި އަދި ފާހަގަ ނުކުރާ ވާހަކަތަކެއް އެބަ ވާ ކަމަށާއި އެވާހަކަ ތަކަކީ، ސީރިއާއަށް މީހުން ފޮނުވާ ކަމަށް ތުހުމަތު ކުރެވިފައިވާ މީހުންގެ ވާހަކަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ރިޕޯޓަކީ 'އެވެނި މިވެނި' ރިޕޯޓެކޭ ކިޔަނީ ސީރިއާއަށް މީހުން ފޮނުވާކަމުގެ ތުހުމަތު އޮތް މީހުން ކަމަށެވެ.

އެ ރިޕޯޓުގައި ވޭ އެބަ، އެހެންވާހަކަތަކެއް އެއްގޮތަކަށްވެސް ފާހަގަ ނުކުރެވޭ. އެއީ ސީރިއާއަށް މީހުން ފޮނުވަނީ ކޮން ބަޔަކު އެކަމުގެ ތެރޭގައިވެގެން ތޯ. ފާހަގަ ވެގެން މިދަނީ މި ރިޕޯޓު މީ އެވެނި މިވެނި ރިޕޯޓެއް ކަމަށް ވިދާޅުވެ، ހަރު އަޑުން ވާހަކަދައްކަވަނީ އެ ރިޕޯޓުގައި ސީރިއާއަށް މީހުން ފޮނުވާކަމަށް ތުހުމަތު ކުރެވި އިނގިލި ދިއްވެފައިވާ މީހުން
ރައީސް ނަޝީދު

ރައީސް ނަޝީދު މިފަދައިން ވާހަކަ ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ޝިޔާމް ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓުގައި ޖާއިޒު އެއްވެސް ވާހަކައެއް ނެތް ކަމަށާއި ނާޖާއިޒު ފައިދާއެއް ނެގޭނީ ޖާއިޒު ވާހަކައެއް އޮތް އެއްޗަކުން ކަމަށެވެ.

"މުޅި ރާއްޖޭގައި ރިޕޯޓާ ގުޅިގެން މުޒާހަރާ ކުރާ އިރު، ކުށްވެރި ވާތަން ފެންނަނީ ރިޕޯޓާ ގުޅިގެން އިހުތިޖާކު ކުރާ މީހުން، އެމްޑީއެންއާ ދެކޮޅަށް އެއްޗެއް ބުނާ މީހުން"
ޝިޔާމް

ޝިޔާމްގެ އެވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ދެއްކެވި ވާހަކައިގައި، އެމްޑީއެންގެ ރިޕޯޓު ފުރަތަމަ ނެރުނީ ނިމިދިޔަ ސަރުކާރުގައިކަން އަނެއްކާވެސް ތަކުރާރު ކުރެއްވިއެވެ.