ދިވެހި ފަސްގަނޑުން އިސްލާމްދީން ފޮހެ ނުލެވޭނެ ކަމަށް ޕްރޮފެސާ ހަސަން އުގެއިލް ވިދާޅުވިދާޅު ވެއްޖެއެވެ.
އުގެއިލް ވިދާޅުވެފައި ވަނީ ދިވެހި ފަސްގަނޑުން އިސްލާމްދީން ފޮހެ ނުލެވޭނެ ކަމަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ހަޖޫ ޖަހާ މީހުންނަށް ލައުނަތް ލެއްވިގެންވާ ކަމަށެވެ. އުގެއިލް އިއްޔެ ފޭސްބުކްގައި އާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ދިވެހި ފަސްގަނޑުން އިސްލާމްދީން ފުހެނުލެވޭނެ ކަަމަށެވެ.
އެކަމަށް ތާއީދުކުރައްވައި ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވީ ދިވެހިންނަށް ލިބިފައި ވާ އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ ހިދާޔަތް ކަމަށާއި ﷲ ތައާލާ އާއި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނާއި ދެކޮޅަށް ހަގީގީ ދިވެހި މުސްލިމުން އަބަދުވެސް ތެދުވާނެ ކަމަށެވެ.
ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަ ރައްދުވާ ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް އާންމުކޮށްފައެވެ.
އެމްޑީއެންގެ ރިޕޯޓްގައި، ކީރިތި މާތް ނަބިއްޔާއަކީ އެހެން ހުރިހާ އިންސާނުންނަށްވުރެ މުސްލިމުން ލޯބިވާން ވާ ފަރާތެއްކަމުގައި އިސްލާމް މުގައްރަރުގައި އޮތުމުން އެކަމާ އެރިޕޯޓުގައި ފާޑު ކިޔައިފައިވެއެވެ.
ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން އެ ރިޕޯޓަށް ފާޑުވިދާޅުވެ އެޖަމިއްޔާއާމެދު ފިޔަވަޅު އެޅުމަށް ގޮވާލައްވައި ފައި ވާއިރު ޔޫތު މިނިސްޓްރީއިން އެ ޖަމިއްޔާ ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެ ރިޕޯޓްގެ މައްސަލަ ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން ގެންދަވަނީ ކުށްވެރި ކުރައްވަމުނެވެ.
ސަމާލު!!! ވަރަށް މުޢުތަބަރު ގޮތަކަށް ޚަބަރުލިބިއްޖެ! މިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މައްޗަށް އެހެންފިކުރުތައް ކާމިޔާބު ހޯދާނެގޮތުގެ ވަރުގަދަ ރޭވުމެއް އެބަރާވާ. އެކަން ކާމިޔާބުވާނެކަމުގެ 99% ޔޯ!!! މިރާއްޖޭގެ ދީނީ ޢިލްމުވެރިންނަކީ ސޫރަތުލް ފާތިޙާ ކިޔަވާއިރު އެސޫރަތުގެ ފުރަތަމަ އާޔަތަކީ "بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ" ކަމަށް އެއްބަސްނުވެވޭ ބަޔަކަށްވާތިއްޔޯ ކިޔާފަ އެބައުޅޭ ޢިލްމުވެރިން ބައިބައިކޮއްލަން!!! ސުވާލަކީ މިހާރު އެއްބަސްކިޔުއްވާފަ ތިއްބެވި ޢިލްމުވެރިން ބައިބައިކޮއްލުމަކީ އެހާފަސޭހައިން ވާނެކަމެއްބާއޭ؟