ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކަމިޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނީ، ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސްލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުގެ ސްލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށެވެ.

ޖޭއެސްސީން ވަނީ ގާޒީ ހަސަންގެ މައްސަލަ ބެއްލެވި ތަހުގީގު ކޮމިޓީގެ ރިޕޯޓު ބަލައިގަންފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ގާޒީ ހަސަންއާ ދެކޮޅަށް ހުށަހެޅި ޝަކުވާ ސާބިތުވެއެވެ. އެހެންކަމުން އެ މައްސަލައިގެ ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރު ކަމުން ވަކިކުރަން ކަނޑައަޅައި، ތަހްގީގު ކޮމިޓީން އެކުލަވައިލި ރިޕޯޓްތައް އެ ކޮމިޝަނުން ބަލައިގަނެ، އެ ރިޕޯޓަށް ޖަވާބު ދާރީވުމަށް ހަސަން ސައީދަށް ދިން ފުރުސަތުގައި ލިޔުމުން ޖަވާބު ހުށަހަޅުއްވާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ހަސަން ސައީދު ހުށަހެޅުއްވި ލިޔުމަށް ރިއާޔަތްކޮށް ޖުޑީޝަލް ކޮމިޝަނުން ނިންމާފައި ވަނީ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށް ނިންމި ނިންމުން ދަމަހައްޓާ ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތް ދިނުމާއެކު ފަނޑިޔާރު މިހާރު ހުރި ކޯޓުނޫން އެހެން ކޯޓަކަށް ބަދަލު ކުރުން ކަމަށް ޖޭއެސްސީން ބުނެއެވެ.