އެމްޑީއެން ސަސްޕެންޑް ކޮށްފިއެވެ.

މިނިނސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެން ކޮމިއުނިޓީ އެންޕަވާމަންޓް އިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އެމިނިސްޓްރީން ނެރުނު ބަޔާނުގައި އަންގާފައި ވެއެވެ،

ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ އެމްޑީއެން އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ނަމުގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމް ދީނާ ހިލާފް ވާހަކަތަކެއް ހުރި ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ އެމްޑީއެންގެ މައްސަލަ އެ ސާވިސް އިން ތަހުގީގު ކުރަމުން ދާތީ، ޖަމިއްޔާތަކާ ބެހޭ ގަވާއިދުގެ 39 ވަނަ މާއްދާއިން ޖަމިއްޔާތަކާ ބެހޭ ރަޖިސްޓަރާއަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން އެމްޑީއެންގެ ހަރަކާތްތައް މިއަދުން ފެށިގެން ހުއްޓާލުމަށް ޔޫތު މިނިސްޓްރީން އަނގާފައި ވެއެވެ.

ޔޫތު މިނިސްޓްރީން އެމްޑީއެން ސަސްޕެންޑް ކޮށްފައި ވާއިރު އެމްޑީއެން އާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޅުގައި އެ ޖަމިއްޔާ އުވާލަން ގޮވާލައި، އެ ޖަމިއްޔާގެ ވެރިންނާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.