އުރީދޫ ކަލާ ރަން މިފަހަރު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައި ވާއިރު، އެ ރަންގައި ބައިވެރި ވުމަށް ރަޖިސްޓާ ވެފައި ވާ މީހުންގެ އަދަދު 5000 އަރައިފި ކަމަށް އުރީދޫ އިން ހާމަ ކޮށްފިއެވެ.

އުރީދޫއިން ބުނެފައިވަނީ ކަލާ ރަން މިފަހަރު ކުލަގަދަކޮށް ބާއްވަން ނިންމާފައިވަނީ މި އަންނަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުކަމަށެވެ. އުރީދޫ އިން ކުލަގަ ދަކޮށް، ހުޅުމާލޭގައި ރަން ބާއްވާތާ 2 އަހަރު ވެފައި ވާއިރު އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ރަންގައި 4000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ވިއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ރަންގައި ބެސްޓް ކޮސްޓިއުމާއި ފިޔުޗާ ދުވުންތެރިޔާ ވަނީ ހޮވާފައެވެ.

މީގެ އިތުރުން އައްޑޫގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ތަރުހީބަކާއެކު އުރީދޫ މޯލްޑިވްސްގެ ކަލަރަން މިދިޔަ ޖޫން މަހުގައި ބާއްވާފައި ވާއިރު އައްޑޫ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައި ވާކަމަށް އުރީދޫ މޯލްޑިވްސް އިންވަނީ ބުނެފައެވެ.

1500 މީހުން އެ ރަންގައި ރަޖިސްޓާ ވި ކަމަށާ އަދި ރަޖިސްޓާ ނުވެ ވެސް 500 އެއްހާ މީހުން ބައިވެރި ވެފައިވާކަމަށް އެ ކުންފުނިން ހާމަ ކޮށްފައި ވެއެވެ.