މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އިން މަޑިފުށި ބަނދަރުގެ މަޝްރޫ ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، މަޑިފުށި ބަނދަރު ހެދުމުގެ މަޝްރޫއު އަމަލީ ގޮތުން ފަށާފައިވަނީ 2016، މާޗް 20 ގައި ކަމަށެވެ. މި ބަނދަރަކީ 19،808 އަކަފޫޓު ދިގު އަދި 402 އަކަފޫޓުގެ ފުޅާ މި ބަނދަރެއް ކަމަށާއި، މި ބަނދަރު ނިންމާލާފައިވާއިރު 256.03 މީޓަރުގެ ބޭރުތޮއްޓަކާއި، 20 މީޓާރުގެ ރިވެޓްމެންޓެއް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެތެރޭގައި ބަނދަރު ފުންކޮށް، ބޭރުތޮށި ހަދައި ރިވެޓްމަންޓް ޖެހުމާއި ނެރު ބައްތިތައް ޖެހުމާއި ރޭމްޕްތައް ހެދުން ފަދަ މަސައްކަތްތައް ނިންމާފައިވާއިރު މި ބަނދަރު ހެދުމުގެ މަސައްކަތައް 52 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމައް އެމްޓީސީސީން ބުނެއެވެ.

ތ. މަޑިފުށި ބަނދަރު ހަދާ ނިމިފައި / ފޮޓޯ: އެމްޓީސީސީ

މި ދިޔަ ޖުލައި މަހުގެ ތެރޭގައި ބ. ފެހެންދޫ، ފުޅަދޫ އަދި ށ. ފީވަކު ބަނދަރު ހެދުމަށް ވަނީ ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްފައެވެ. މި 3 ރަށުގެ ބަނދަރު ހެދުމަށް 167.2 މިލިއަން ރުފިޔާ އެމްޓީސީސީއަށް ދީފައި ވާއިރި، މި އެއްބަސްވުމުގެ ދަށުން އެއް އަހަރާ އެއްމަސް ދުވަހުގެ ތެރޭގައި ފީވައް އަދި ފުޅަދޫގެ ބަނދަރު ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެހެންދޫގެ އެއްބަސްވުން ދެމަހާ 5 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެެ.