ޗައިނާގެ ކޮމިއުނިސްޓް ވެރިކަމަށް 70 އަހަރު ފުރުން އެގައުމުގައި ކުލަގަދަ އިހުތިފާލު ތަކާއެކު ފާހަގަކުރަން ފަށައިފިއެވެ.

މިފަހަރުގެ މުނާސަބާ އެގައުމުން މައިގަނޑު ގޮތެއްގައި ހާއްސަ ކޮށްފައި ވަނީ އަސްކަރީ ޓެކްނޮލޮޖީގެ ހާއްސަ ބާރުތަކަށެވެ. އެގޮތުން ޖާސޫސީ ތޫނުފިލިކަމުގެ ހަނގުރާމައިގެ އުކުޅުތަކާއި، މަސްނޫއީ ތޫނުފިލިކަމުގެ ބާރުވެރިކަމާއި، ކުއަންޓަމް ކޮމްޕިއުޓިންގް ޕްރޮމޯޓް ކުރުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން އެންމެ ޒަމާނީ އާލާތްތަކާ ވަސީލަތްތައް ބޭނުން ކޮށްގެން ކުރާ ހަނގުރާމަތަކުގެ ރޮނގުން ކުރި ލިބިފައި ވާކަންވެސް ޗައިނާއިން ދަނީ ފާހަގަ ކުރަމުންނެވެ.

ޗައިނާގެ 70 ވަނަ އުފަންދުވަހުގެ ގޮތުގައި އެގައުމުން މިއަދު ފާހަގަ ކުރަމުންދާ މުނާސަބާގައި އެންމެ ފަހުރާއެކު އެގައުމުން ދައްކާލާފައިވާ އަސްކަރީ ގާބިލިއްޔަތުކަމުގެ ތެރޭގައި ފެނުއަޑީގައި ދަތުރުކުރާ މާސިންގާ ޑްރޯންއާއި، ސުޕާސޮނިކް ޑްރޯންއާއި ތޫނު ކަނޑިލީ ޑްރޯން ފާހަގަ ކުރެވެއެވެ.

ޗައިނާއަށް ލިބިފައިވާ އަސްކަރީ ގާބިލިއްޔަތުކަން ފަހުރެއް ކަމުގައި ހަދައިގެން 70 ވަނަ އަހަރީ ދުވަހުގެ އުފާ ފާޅުކުރުންތައް އެގައުމުގައި ކުލަގޮތެއްގައި ފާހަގަ ކުރަމުން ދާއިރު، ޗައިނާގެ މައި ސަރުކާރާ ދެކޮޅަށް ހޮންގްކޮންގްގައި މިހާރުވެސް ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.