މިދިޔަ އޮގަސްޓް މަހު ދައުލަތަށް 261 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން ބުނީ، ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާންމަދީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، 2 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު އޮގަސްޓް މަހު ދަުލަތަށް 301 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރު އޮގަސްޓް މަހު ދައުލަތަށް ލިބިފައިވަނީ 261 މިލިއަން ރުފިޔާގެ އާމްދަނީ އެއް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި އޮގަސްޓް މަހު ރާއްޖެއިން އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރު އޮގަސްޓް މަހާ އަޅާބަލާއިރު 9 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު އޮގަސްޓްމަހު ރާއްޖެއިން 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރު އޮގަސްޓްމަހު، މި އަދަދު ވަނީ 3.7 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އިމްޕޯޓް / އެކްސްޕޯޓް ތަފާސް ހިސާބު

މި ތަފާސްހިސާބުތަކުން ދައްކަނީ މިދިޔަ އަރު އޮގްސްޓް މަހާއި މިއަހަރު އޮގަސްޓް މަހު ދައުލަތުގެ އާމްދަނީ އަދި އެފްއޯބީ އާއި ސީއައިއެފްގެ އަގަށް އައި ބަދަލެވެ.

  • ދައުލަތަށް ލިބުނު އާމްދަނީ: 301 މިލިއަނުން 2622 މިލިއަނަށް - 13 ޕަސެންޓް އިތުރު
  • އެކްސްޕޯޓް ކުރެވުނު މުދާ (އެފްއޯބީ އަގު): 258 މިލިއަނުން 255 މިލިއަނަށް - 22 ޕަސެންޓް ދަށް
  • އިމްޕޯޓް ކުރެވުނު މުދާ (ސީއައިއެފް އަގު): 4.2 ބިލިއަނުން 3.3 ބިލިއަނަށް - 22 ޕަސެންޓް ދަށް

މިދިޔަ އޮގަސްޓް މަހު ރާއްޖެއިން އަގުގެ ގޮތުން އެންމެ ގިނަިއން މުދާ އެތެރެކޮށްފައި ވަނީ ސިންގަޕޫރު، ޔޫއޭއީ އަދި ޗައިނާއިންނެވެ. އެގޮތުން، ސިންގްޕޫރުން 465 މިލިއަނުގެ ރުފިޔާ އެތެރެ ކޮށްފައިވާއިރު ޔޫއޭޢީން 460 މިލިއަން ރުފިޔާ އަދި 453 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މީގެ އިތުރުން، ފާއިތުވި އޮގަސްޓް މަސް ތެރޭގައި ގޮތުން އެންމެ ގިނަިއން މުދާ ބޭރުކޮށްފައި ވަނީ އެމެރިކާ، އިނގިރޭސި ވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުގެ އިތުރުން ތައިލޭންޑުންނެވެ.