ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން "ވޯކް ޓު ވާކްގެ" ނަމުގައި ހިނގާފައި މަސައްކަތަށް ނުކުންނަ ދުވަހެއް ފާހަގަކޮށްފިއެވެ.

އަންގާރަ ދުވަހު އެސްޓީއޯގެ މުވައްޒަފުން ހިނގާފައި މަސައްކަތަށް ނުކުމެފައި ވާއިރު އެ ކުންފުނިން ބުނީ އެ ކަމަކީ ސިއްހީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ބާރުއަޅާ ކަމެއް ކުރުމުގެ އިތުރުން ތިމާވެއްޓަށްޓަކައި ފަރުދީ ގޮތުން ކުރެވިދާނެ ކަމެއް ކުރުމަށް ހިންގުނު ހަރަކާތެއް ކަމަށެވެ.

އެސްޓީއޯގެ މުވައްޒަފުން ހިނގާފައި މިއަދު އޮފީހަށް ނުކުންނަނީ / ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ވަނީ ތިމާވެއްޓާ ރައްޓެހި އާދަތަށް އަށަގެންނެވުމުގެ ގޮތުން އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ޕީޕަލްސް ޗޮއިސް ސުޕަމާޓަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ބާޒާރުކުރަންދާ ފަރާތްތަކުގެ ބިލުން 2 އިންސައްތައިގެ ޑިސްކައުންޓެއް ދޭންވެސް ފަށާފައެވެ.