މ. ސްލީޓްވިލާ އިން ދުން އަރާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މ. ސްލީޓްވިލާގެ 4 ވަނަ ފަންގިފިލާއިން ދުން އަރާތީ އެމްއެންޑީއެފްގެ ފަޔާ ޓީމް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް މި ހާދިސާގެ އިތުރު ތަފްސީލެއް އެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ސްލީޓްވިލާ އިން ދުން އަރަނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.