މާލޭގައި ތުއްތު ކުއްޖަކު ގޮވައިގެން، އެ ކުއްޖާގެ ބައްޕަ ފިލައިފިއެވެ.

ޖެންޑާ މިނިސްޓްރީން ސީދާ މިކަން ކަށަވަރު ނުކުރި ނަމަވެސް، ހަ މަހުގެ ތުއްތު ކުއްޖަކު ގޮވައިގެން، އެ ކުއްޖާގެ ބައްޕަ ފިލިކަމަށް ބުނާ މައްސަލައެއްގެ މައުލޫމާތު ވަނީ 'ދަ ޕްރެސް' އަށް ލިބިފައެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކުއްޖަކާ ގުޅުންހުރި، ދެމަފިރިންގެ އާއިލީ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލު ދިނުމަށް ޖެންޑާ މިނިސްްޓްރީން ދަނީ ދެކޮޅު ހަދަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއީ ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ ބައެކެވެ. ނަމަވެސް ތުއްތު ކުއްޖާ ގޮވައިގެން، އެ ކުއްޖާގެ ބައްޕަ ފިލާފައިވަނީ މާލޭގައެެވެ.