އުތުރުގެ ރަށެއްގެ ސްކޫލް ދަރިވަރަކު ބަލިވެ އިން މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ދަރިވަރުގެ ކަންތައްތައް ކުއްޖާގެ އާއިލާއާ ގުޅިގެން ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށެވެ. އަދި މިކަމުގައި ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާގޮތުގައި ބަލިވެ އިނދެގެން ޖެންޑާގެ ސަމާލުކަމަށް އައިސްފައި ވަނީ 17 އަހަރުގެ ކުއްޖެކެވެ. އަދި އެ ކުއްޖާ ކިޔަވަމުން އައީ އެނާގެ އުފަންރަށް ނޫން އެހެން ރަށެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި އަހަރުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލިވެ އިންކަމަށް ބުނެ ޖެންޑާއަށް ގިނަ މައްސަލަ ހުށަހެޅިއެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ވިހެއި މައްސަލަތައް ވެސް ހިމެނެއެވެ.