ކ.މަފުށީގައި ހުންނަ މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ތަކެތި އަތުލައިފިއެވެ.

ފުލުހުން ބުނީ، މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނުތަކެއް އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ރޭ 2:25 ހާއިރު ފުލުހުންނައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 21 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ތަކެތި

  • 7 ސިމް ކާޑު (ދިރާގު)،
  • 62 ފޯނު ޗާޖަރު،
  • 39 ޔޫއެސްބީ ޑްރައިވް،
  • 22 ހެޑްސެޓް،
  • 5 އެޑެޕްޓާ،
  • 31 ފޯނު (ނޮކިއާ، އަދި އެލް އެއިޓް ސްޓާ)،
  • 41 ސްމާޓް ފޯނު،
  • 2 ސިވިން ކިޓް،
  • 5 ނިޔަފަތި ކަނޑާ ދަތި،
  • 5 ސުޕަ ގްލޫ،
  • 5 ކަތުރު،
  • 3 ކުޑަ ވަޅި،
  • 2 ފެމް ދަޅު،
  • 2 ކަޓަރު ތިލަ ފޮށި،
  • 2 އައޮޑިން ލޮނު ޕެކެޓު،
  • 4 ލޯގަނޑު،
  • 12 ދުނި ކީސްތިލަ،
  • 5 ސަމުސާ،
  • 5 ޔޫއޯ (ފޯކް)

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަސް އަދި 26 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.