އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިރޭ ހ. ފެހި އާބާދު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. އަދި މި ހާދިސާގައި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާގޮތުގައި ރޯވި އިމާރާތެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ 49 އަހަރުގެ އައިޝަތު ޝައުނާގެ ހަށިގަނޑެވެ. އައިޝަތު ޝައުނާ ދިރިއުޅެމުން އައީ މި އަލިފާނުގެ ހާދިސާގައި ރޯވި ގުދަން ހުންނަ ފެހި އާބާދުގޭގެ ތިންވަނަ ފަންގިފިލާގައެވެ. އަދި އޭނާގެ ހަބަރެއް އެންމެ ފަހުންވެފައިވަނީ ފޯނުން ކަމަށް މައުލޫމާތު ލިބެއެވެ.

ދަ ޕްރެސް' އަށް އެނގުނު ގޮތުގައި، އަލިފާން ރޯވި އިރު ޝައުނާ އިނީ ފާހަނާގައި ކަމަށާއި، އޭނާގެ ފޯނުން އޭނާގެ ކޮއްކޮ އަށް ގުޅި ކަމަށްވެއެވެ. އަދި ކޮއްކޮ ކައިރީ އޭނާއަށް ދުއާ ކުރުމަށް އެދިފައިވާ ކަމަށާއި، ނުކުމެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ބުނިކަމަށް މައުލޫމާތު ލިބެއެވެ. އެއަށްފަހު ޝައުނާގެ ފޯނަށް ނުގުޅެއެވެ.

އަބަދަށްފެހި މަހުގައި ހުރި ހ. އާބާދުގޭގައި އަލިފާން ރޯވީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންނެވެ. އަދި މި ހާދިސާގައި އަލިފާންގަނޑު ފެތުރު އިތުރު ހަތް ގެއަކަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ. މިހާދިސާގައި އަސަރުކުރި 100 މީހުން ވަނީ މި ހާދިސާއަ ގުޅިގެން އެކުލަވާލާފައިވާ ވަގުތީ ހިޔާގައި ރަޖިސްޓްރީ ކޮށްފައެވެ.