އަލިފާން ރޯވި ސަރަހައްދުން 49 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ އައިޝަތު ޝައުނާ ނަމަކަށް ކިޔާ 49 އަހަރުގެ އަންހެއް ކަމަށެވެ. އަދި އޭނާގެ އަކީ ހ. ފެހިއާބާދު ގައި ދިރިއުޅޭ ތ. ބުރުނީ މީހެކެވެ. ޢަލިފާން ރޯވި އިރު އޭނާ ހުރީ އެގޭ 3 ވަނަ ބުރީގެ ފާހާނާއެއްގައި ކަމަށް 'ދަޕްރެސް' އަށް މައުލޫމާތު ދިން އޭނާގެ ގާތް ފަރާތަކުން ވަނީ ބުނެފައެވެ.

'ދަ ޕްރެސް' އަށް އެނގުނު ގޮތުގައި، އަލިފާން ރޯވި އިރު ޝައުނާ އިނީ ފާހަނާގައި ކަމަށާއި، އޭނާގެ ފޯނުން އޭނާގެ ކޮއްކޮ އަށް ގުޅި ކަމަށެވެ. އަދި ކޮއްކޮ ކައިރީ އޭނާއަށް ދުއާ ކުރުމަށް އެދިފައިވާ ކަމަށާއި، އެއަށްފަހު އޭނާއަށް ގުޅިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަބަދަށްފެހި މަހުގައި ހުރި ހ. އާބާދުގޭގައި އަލިފާން ރޯވީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންނެވެ. އަދި މި ހާދިސާގައި އަލިފާންގަނޑު ފެތުރު އިތުރު ހަތް ގެއަކަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ. މިހާދިސާގައި އަސަރުކުރި 100 މީހުން ވަނީ މި ހާދިސާއަ ގުޅިގެން އެކުލަވާލާފައިވާ ވަގުތީ ހިޔާގައި ރަޖިސްޓްރީ ކޮށްފައެވެ.

މި ހާދިސާގައި ޝައުނާ ފިޔަވައި އެހެން ހުރިހާ އެންމެން ވަނީ ސަލާމަތްތެރި ހިސާބުތަކަށް ގެންގޮސްފައެވެ.