ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިއްމު 3 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކޮށްފިއެވެ.
މި 3 އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ސޮއިކުރެއްވުނު 3 އެމްއޯޔޫތައް:
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސްޓްރެންތެނިން ކޯޕަރޭޝަން.
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ސްޕޯޓްސް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ.
- އެގްރިމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް.
އެމްއޯޔޫ ތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެމްއޯޔޫތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.
މިއަދު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސްޓްރެންތެނިން ކޯޕަރޭޝަންގެ ސަބަބުން ދެގައުމުގެ މެދުގައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް އެކި ކަންކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިތުރު މަޝްވަރާތަކަށް މަގުފަހިވެގެން ދާނެއެވެ.