އިންޖީނުގައި ރޯވި އެއާ އޭޝިއާ ބޯޓު (އެއާ އޭޝިއާ އެއާބަސް A320)ގެ އިންޖީނު ބަދަލު ކުރުމުގެ އެންމެ ފަހު މަރުހަލާ މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އޭވިއޭޝަން މޯލްޑިވްސްއިން މިއަދު ބުނީ އެ ބޯޓު ހެދުމުގެ މަސައްކަތް ކުރުމަށް އެއާ އޭޝިއާގެ އިންޖިނިއަރިން ކްރޫއެއް ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެ ބޯޓު ހަދަމުން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޯތު އޭޕްރަންގައި ބޯޓު ބާއްވައިގެން ކަމަށެވެ.

https://www.instagram.com/p/B2lSESXgmz-/?igshid=s0gxmf7wf89l

ބޯޓުގެ އިންޖީނުގައި ރޯވީ މާލެއިން ފުރައިގެން ބެންކޮކަށް ދާން ފުރިތަނާއެވެ. އޭރު އެ ބޯޓުގައި 58 ޕަސިންޖަރުން ތިއްބެވެ. އެއާޕޯޓް ރަންވޭއިން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޯޓުގައި އަލިފާން ހިފި މަންޒަރު ވަނީ މާލޭގައި ތިބި ބައެއް މީހުންނަށް ވެސް ފެނިފައެވެ. އަދި އެބޯޓު ފުރިތާ މާ ގިނައިރުތަކެއް ވެސް ނުވަނީސް އެ ބޯޓު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލުން ޖައްސާފައެވެ.

އަލިފާން ރޯވެފައި ވަނީ ބޯޓުގެ ކަނާތް ފަރާތުގެ އިންޖީނުގަ އެވެ.