ފެޝަން ފޮޓޯގްރަފީގެ ރޮނގުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ކުޅަދާނަ ފަންނުވެރިޔާ ޕީޓާ ލިންޑްބާގް މަރުވެއްޖެއެވެ.

ޖަރުމަނަށްވިލާތަށް އުފަން ލިންޑްބާގްއަކީ ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑްތަކާއެކު މަސައްކަތްކުރަމުން އައި ކުޅަދާނަ ފޮޓޯގްރާފަރެކެވެ. އެގޮތުން ވޯގް، ވެނިޓީ ފެއާ، ހާޕާޒް ބާޒާރް އަދި ދަ ނިއު ޔޯކާއިއެކު އޭނާ ކުރި މަސައްކަތްތައް ފާހަގަކުރެވެއެވެ.

ކަޅާ ހުދުގެ ފޮޓޯތަކުން ދުނިޔެ އާޝޯހް ކުރުވި ލިންޑްބާގް/ފޮޓޯ: އީއެން24 ނިއުސް

ފެޝަން ފޮޓޯގްރަފީގެ ދާއިރާގައި ލިންޑްބާގް އެންމެ ފާހަގަކޮށްލެވެނީ ކަޅާ ހުދުގެ ތަސްވީރުތަކުން އޭނާ ބަޔާންކޮށްދޭ އަދަޔާ ހިލާފު މެސެޖާއެކުގައެވެ.

ލިންޑްބާގްގެ އެންމެފަހުގެ މަސައްކަތްތަކުގެ ތެރޭގައި އިނގިރޭސި އަމީރު ހެރީގެ އަނބިކަނބަލުން ޑަޗަސް އޮފް ސަސެކްސް މޭގަން މާކެލްއާއިއެކު ވޯގް މަޖައްލާގެ ސެޕްޓެމްބަރު މަހުގެ އަދަދަށް ކުރިއަށް ގެންދިޔަ ފޮޓޯޝޫޓް ފާހަގަކުރެވެއެވެ.

ލިންޑްބާގް މަރުވިއިރު އުމުރަކީ 74 އަހަރެވެ.