މިދިޔަ ހަފްތާގައި ސްޓިކާ ޖަހައިގެން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.

ފުލުހުން އާންމު ކުރި މިދިޔަ ހަފްތާގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، 658 ވެހިކަލެއްގައި ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައިވެއެވެ. އަދި މި މުއްދަތުގައި ފުލުހުން ވަނީ 45 ވެހިކަލެއް ޓޯ ކޮށްފައެވެ.

މިމިދިޔަ މަހު 24 އިން ފެށިގެން 30 އާ ހަމައަށް އާންމު ކުރި ތަފާސް ހިސާބްތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ ގައި މާލެއިން 51 އެކްސިޑެންޓްވެ، 10 މީހުންނަށް އަނިޔާ ވެފައިވެއެވެ. މި އެކްސިޑެންޓްތަކުގައި ފުލުހުން ވަނީ ފަސް މީހެއްގެ ލައިސަންސް ހިފަހައްޓާފައެވެ.

ފުލުހުން ބުނީ މި މުއްދަތުގެ ތެރޭގައި 487 ވެހިކަލެއް ޗެކްކޮށްފައި ވާނެ ކަމަށެވެ. އަދި އެންމެ ގިނައިން ފާހަގަ ވެފައިވަނީ އިންޝުއަރެންސް އަދި ރޯޑްވާދިނަސް ހަމަވެފައިވާ މައްސަލަ ކަމަށާއި، އޭގެ 155 މައްސަލައެއް ފުލުހުން ވަނީ ބަލާފައެވެ. އަދި އަހަރީ ފީ ހަމަވެފައިވާ 83 ވެހިކަލެއް ފުލުހުން ޗެކް ކޮށްފައިވާއިރު، ފުލުހުން ވަނީ ލައިސަންސް ނެތި ދުއްވި 152 މައްސަލައެއް ބަލާފައެވެ.

މީގެ އިތުުރުން ލައިސަންސް ނެތި 92 މީހަކު ހުއްޓުވާ ބަލާފައިވާ އިރު، މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަން ނުދީ ދިޔަ 92 މީހެއްގެ މައްސަލައިގެ ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވި 33 މީހެއްގެ މައްސަލަ ފުލުހުން ވަނީ ބަލާފައެވެ.

މިދިޔަ ހަފްތާގައި ފުލުހުން ބަލާފައިވާ މައްސަލަ ތަކުގެ ތެރޭގައި ފޯނުން ވާހަކަ ދައްކަމުން ސައިކަލު ދުއްވި 48 މައްސަލައާ، ހެލްމެޓް ނާޅާ ބްރިޖަށް އެރި 46 މީހެއް މައްސަލައާ، ވާހަކަދައްކަމުން ލޭނު ބަދަލު ކުރި 17 މައްސަލައެއްގެ އިތުރުން ނަންބަރު ޕްލޭޓުގެ 16 މައްސަލަ އަދި ހުއްދަ ނެތި ޓެކްސީ ކުރުމުގެ 16 މައްސަލަ ފުލުހުން ބަލާފައިވެއެވެ.