ހުޅުމާލޭގައި ޕާކު ކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރި ވަގަށް ނަގައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ސައިކަލެއްގައި އުޅުނު ދެ މީހަކު ވެގެން ޕިކަޕެއްގެ ބެޓެރި ވަގަށް ނެގި މައްސަލައެއް މިއަދު 11:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި މައުލޫމާތު ލިބުމާ އެކު ފުލުހުން ކުރި މަސައްކަތުން އެ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު މިއަދު 12:30 ހާކަން ހާއިރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފައި ކަމަށާ، ވަގަށް ނެގި ބެޓެރި ތައް ކުށުގެ ވެށިން ފެނިފައިވާ ކަމަށެވެ

ފުލުހުން ބުނީ، ވަގަށް ނެގި ބެޓެރިތައް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރި ވަގަށް ނަގަން އުޅުނިކޮށް އާންމު ފަރާތަކުން ވަނީ އެ މަންޒަރު ރެކޯޑު ކޮށް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.