ކަނޑޫމާ ތިލައަށް ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކަނޑޫމާ ތިލައަށް "އޯސީއޭ އެމް7 އެސް" ނަމަކަށް ކިޔާ ސަފާރީގައި ޑައިވް ކުރުމަށް ފޭބި އަންހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓް ގާޑު ޑައިވަރުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށާ، މި ހާދިސާގެ ރިޕޯޓް ލިބވުނީ މިއަދު މެންދުރު 1:09 ހާއިރު ކަމަށެވެ.

އަންހެން މީހާ ޑައިވް އަށް ފޭބީ 22 ފަތުރުވެރިންގެ ހިމެނޭ ގްރޫޕަކާ އެކުކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.