33 އަހަރުގެ ޒުވާނެއްގެ މަރުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ރިޒުވާން (ބަގޭ) އެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނުނީ މައްޗަންގޮޅި ކުދިރަތްމާ ގޯޅި ތެރޭގައި ހުރި ގެއަކުންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު އެމްބިއުލާންސެއްގައި އައިޖީއެމްއެޗަށް ގެންދާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މަރުވެފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި އެމީހާގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.