ހުސްވި މަހު މައިކްރޮސޮފްޓް ކުންފުނިން ޕްރޮމޯޓްކުރި ވިންޑޯޒް 10 1903 އަޕްގްރޭޑްގައި މައްސަލަތަކެއް އުޅޭ ކަމަށް މައިކްރޮސޮފްޓް ކުންފުނިން ފުރަތަމަ ފަހަރަށް އިއުތިރާފުވެއްޖެއެވެ.

މައިކްރޮސޮފްޓް ކުންފުނިން މިކަމަށް އިއުތިރާފުވެފައި މިވަނީ، ވިންޑޯޒް 10 1903 ކޭބީ 4512508 އަޕްޑޭޓް އެޅި ފަރާތްތަކުން ބޭނުންކުރަމުންދިޔަ ޑިވައިސްތަކަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ސިސްޓަމް ބޭނުންކުރުމުގައި ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަމަށް ޓެކްނޮލޮޖީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ.

ވިންޑޯޒް 10 ހެލްތް ޑޭޝްބޯޑަށް ގެނައި އަޕްގްރޭޑާއެކު މައްސަލަތަކެއް ކުރިމަތިވާން ފަށާފައިވާކަމަށް މައިކްރޮސޮފްޓްއިން އިއުތިރާފުވި ނަމަވެސް، އެކަން ފެށިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށްވެސް މައިކްރޮސޮފްޓްއިން ވަނީ ބުނެފައެވެ.

ދިމާވަމުންދާ މައްސަލަތައް ހައްލުކުރަމުންދާކަމަށް މައިކްރޮސޮފްޓްއިން ބުނި ނަމަވެސް، މައްސަލަ މުޅިން ހައްލުކުރެވެން އަދި ކިހާ ދުވަހެއް ނަގާނެކަން ކަށަވަރެއް ނުވެއެވެ.