ޖަމާލުއްދީން ކައިރީގައި ހުރި ޒުވާނަކަށް ބިރުދައްކައިގެން އޮލިމްޕަސް ކައިރި އޭޓީއެމަށް ގެންގޮސް އެކައުންޓުގައި ހުރި ލާރިކޮޅު ދެމީހަކު ވެގެން ފޭރިގެންފިއެވެ.

ފުލުހުން ބުނީ ޖަމާލުއްދީން ސްކޫލް ކައިރީގައި މިއަދު ހަވީރު ހުރި 18 އަހަރުގެ ފިރިހެނަކަށް ދެ މީހަކު ބިރު ދައްކާ އޮލިމްޕަސް ކައިރީގައި ހުރި އޭޓީއެމްއަށް ގެންގޮސް 18 އަހަރުގެ މީހާގެ އެކައުންޓުން ލާރި ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާގެ އެކައުންޓުން 1700 ރުފިޔާ ނަގާ ފޭރިގަނެފައިވާ ކަމަށް ބުނެ މިރޭ 7:19 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.

މީގެ އިތުރުން އަމީނީ މަގު ސްޓެލްކޯ ކައިރީގައި ހުރި ބިދޭސީއެއްގެ ފޯނެއް ސައިލަކްގައި ދިޔަ ދެމީހަކު ފޭރިގެންފައި ވާ ކަމަށް ބުނެ މިރޭ 7:19 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް ފުލުުހުން ބުނެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން ދާ ކަމަށެވެ.