އީދު ދުވަހާ ގުޅިގެން މާދަމާ ހަވީރު ހުޅުމާލޭގައި ވެހިކަލް ދުއްވުން ޓްރާންސްޕޯޓް އޮތޯރިޓީއިން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއިން މިއަދު ނެރުނު ބަޔާނެއްގައި މާދަމާ، ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށާއި، މި އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެގޮތުން، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލާންސް، ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތުގެ އިތުރުން އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް ފިޔަވައި އިތުރު އިންޖީނުލީ އުޅަނދެއް ދުއްވުމަކީ މަނާކަމެއް ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ބުނެއެވެ.

ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކުރި އިރު މާލޭ އަދި ވިލިމާލޭގައި ވެސް ވަނީ އީދު ދުވަހު ހަވީރު 4:30 އިން އިރުއޮއްސި 6:30 އަށް ވެހިކަލް ދުއްވުން މަނާކޮށްފައެވެ.