ލ. ދަނބިދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. އާންމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެރަށު އިންޖީނުގޭގައި ބަހައްޓާފައި ހުރި ދެ ޖަނަރޭޓަރަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ.
މި ހާދިސާގެ ސަބަބުން މުޅި ރަށުން ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކަރަންޓް ދެވޭނެ އެއްމެ ޖަނަރޭޓަރެއް ވެސް މި ހާދިސާގައި ސަލާމަތް ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ ދަނބިދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެކަން ފުލުހުންނަށް ވެސް ހުށަހަޅާފައިިވާ ކަމަށެވެ. އަދި އެކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.