ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ ބާއްވަމުން އަންނަ ހޮޓެލް ޖެން ކައިރީގައި އަޑު އުފުލަމުން ދިޔަ ބަޔަކު ފުލުހުން ހުއްޓުވައިފިއެވެ.

ހޮޓެލް ޖެންގައި ކުރިއަށް ދަނީ ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހޮޓެލް ޖެން ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށް މިރޭ ގެންދެވިފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި އިހުތިޖާޖު ކުރަމުންދާ މީހުން ދަނީ އެމްއެމްޕިއާރުސީ އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްޔަށް ދިން ރަށްތައް އަތުލުމަށް ގޮވާލަމުންނެވެ. އަދި އޭޖީއެމް ހިނގަމުން ދިޔަ އިރު އެތަނުގައި އަޑު އުފުލަމުން ދިޔަ މީހަކަށް ހަމަލާދޭން މީހަކު މަސައްކަތް ކުރިކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.