ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މިނީ މައުސްއަށް އަޑު އަޅާދިން ރަސީ ޓޭލާ މަރުވެއްޖެއެވެ.
30 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މިނީ މައުސްއަށް އަޑު އަޅާދިން ރަސީ ޓޭލާ މަރުވީ އޭނާގެ އުމުރުން 75 އަހަރުގައެވެ.
އޭނާ މިނީ މައުސްއަށް އަޑުއަޅަން ފެށީ 1986 ވަނަ އަހަރުއެވެ. އެއީ 200 އެއްހާ މީހުން ބައިވެރިވި އޮޑިޝަނަކުން ފާސްވެގެންނެވެ.
މިނީ މައުސްގެ އިތުރުން ރަސީ ޓޭލާ ވަނީ، ދަ ސިމްސަންސްއިން ފެނިގެންދާ ބާޓްގެ ކްލާސްމޭޓް މާޓިންގެ ކެރެކްޓާއަށްވެސް އަޑުއަޅާދީފައެވެ.
ރަސީ ކައިވެނިކޮށްގެން އުޅުނީ ޑިޒްނީގެ ޝަހްސެއްކަމަށްވާ މިކީ މައުސްގެ ކެރެކްޓާއަށް އަޑުއަޅާދެމުންދިޔަ ވޭން އޯލްވިންއާއިއެވެ. މި ކައިވެނި ކުރެވުނީ 1991 ވަނަ އަހަރުއެވެ. 2009 ވަނަ އަހަރު އޯލްވިން މަރުވަންދެކަށްވެސް މި ކައިވެނި ރޫޅިފައެއް ނުވެއެވެ.