ނިމިގެން ދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ބަލި ގަބޫލުފުޅު ކުރައްވަން ދަތިފުޅު ކަމަށާއި، ކަންކަން ހިނގައި ދިޔަ ގޮތުން ރިޔާސީ އިންތިހާބުގެ ނަތީޖާވެސް ގަބޫލުފުޅު ކުރައްވަން ދަތިފުޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބަކީ، 2008 ވަނަ އަހަރުން ފެށިގެން އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފަށާ، ޑިމޮކްރަސީއާ އެއްގޮތަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލުވެގެން ދިޔަ ފަހުން މިހާތަނަށް އެންމެ ގިނަ ވޯޓު، އެއް ކެންޑިޑޭޓަކަށް ލިބުނު އިންތިހާބެވެ. އަދި މިއީ ބަލިވި ކެންޑިޑޭޓަކަށް ވެސް އެންމެ ގިނަ ވޯޓު ލިބިނު ފަހަރެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު އެތަކެއް ޝަކުވާތަކެއް އުފެދި ސުޕްރީމް ކޯޓާ ހަމައަށް އެ މައްސަލަ ދިޔަ ނަމަވެސް، އިންތިހާބު ކާމިޔާބު ކުރި ކޯލިޝަން އަދިވެސް އޮތީ ވެރިކަމުގަ އެވެ.
ރިޔާސީ އިންތިހާބުގެ ކަންކަން ހިނގައި ދިޔަ ގޮތާ މެދު ސުވާލު އުފައްދަވައި "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓަކީ ރައްޔިތުންގެ ވޯޓުގެ ރެޕްރެޒެންޓޭޓިވް ވޯޓެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް ގަބޫލު ކުރައްވާ ނަމަ އިންތިހާބާ ގުޅޭ ޝަކުވާތަކެއް ހިއްޕަވައިގެން ސުޕްރީމް ކޯޓަށް ވަޑައި ނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޯޓަށް ވަޑައިގެން އެއް ސަބަބާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ މައިގަނޑު ޝަކުވާ އަކީ އިންތިހާބުގެ ތެރޭގައި ހިނގައި ދިޔަ ނާޖާއިޒު އެތަކެއް ކަންތައް ތަކެއް ވަގުތުން ވަގުތަށް ހުށަހެޅޭނެ އެއްވެސް ޖާގައެއް ލިބިވަޑައި ނުގަތުން ކަމަށެވެ. އަދި އެ ޝަކުވާ ހުށަހެޅޭނެ ޖާގަ ލިބިވަޑައި ގަތީ އިންތިހާބު ނިމި ވަގުތީ ނަތީޖާ އިއުލާން ކޮށް ތިން ހަތަރު ދުވަސް ފަހުން ކަމަށް ވިދާޅުވި އެވެ. އަދި ކަންކަން ގޯސްކޮށް ހިނގައި ދިޔަ ކަށް އެނގިވަޑައިގެންނެވީ ފަހުން ކަމަށް ވެސް ވިދާޅުވި އެވެ.
އަދި މިއީ އެމަނިކުފާނުގެ ފަރާތްޕުޅުންނާއި އަދި ސަރުކާރުގެ ފަރާތުން ވެސް އިންތިޒާމްތައް ބަލަހައްޓަން ތިބި މީހުންގެ އަތްދަށުން ގޮސްފައި ހުރި ކަންކަން ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ސައްހަ ވޯޓެއް ނަގައިގެން ސައްހަ ވޯޓެއް ގުނައިގެން އުޅުނު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މައްސަލަ ޖެއްސެވީ ސައްހަ ވޯޓެއްގެ ކަމެއްގައި ނޫން ކަމަށާ، ވޯޓު ކަރުދާހުގައި ވެސް މައްސަލަތަކެއް ހުރީމާ ކަމަށެވެ.
ވޯޓު ކަރުދާހާ ގުޅޭގޮތުން މިހާތަނަށް މީޑިއާތަކަށް ތިލަނުވާ ބައެއް ކަންކަން ހާމަ ކުރައްވަމުން ޔާމީން ވިދާޅުވީ ވޯޓު ކަރުދާހާ ގުޅޭ ގޮތުން މަރުހޫމް ނޮވެލްޓީ އަލީ ހުސައިން ރައީސް އޮފީހަށް ލިޔުއްވި ޝަކުވާ ސިޓީއަކާއި ގުޅިގެން ވޯޓުގެ މައްސަލައެއް ބެއްލެވި ކަމަށެވެ. އެ ޝަކުވާ ސިޓީގައި އޮތީ "މިއޮތްހާ ދުވަހު އަޅުގަނޑުމެންނޭ ވޯޓު ކަރުދާސް ޗާޕު ކުރަމުން ދިޔައީ، އަޅުގަނޑުމެންނަކީ ރައްކާތެރި ކަމުގެ މަރުކާއާ އެކީ ކަރުދާސް ޗާޕު ކުރަމުން އަންނަ ބައެކޭ. ބިޑް ތިމަންނަމެންނޭ ކާމިޔާބު ކުރީ. އަގުވެސް ހެދީ ތިމަންނަ މެންނޭ، ސެކިއުރިޓީ ފީޗާއަށް ބަލާފައި ބިޑްވެސް ކާމިޔާބު ކުރީ ތިމަންނަ މެންނޭ. ނަމަވެސް ތިމަންނަ މެންނަށް މި ލިބޭ ގޮތެއް ނުވިއޭ. އަދި ރައީސް އޮފީހުން މި މައްސަލަ ރަސްމީކޮށް ބެލި. ބަލާފަ އަޅުގަނޑުގެ މޭޒަށް ގެނައިމަ އަޅުގަނޑު ފިނޭންސް މިނިސްޓަރު މުނައްވަރަށް ގުޅިން. މުނައްވަރު ވިދާޅުވީ ދެތެކޭ އަގުވެސް އަދި ސެކިއުރިޓީ ފީޗާވެސް ގިނައީ ނޮވެލްޓީގައޭ" ވޯޓު ކަރުދާހުގެ މައްސަލައިގައި އެއިރު ކަން ހިނގިގޮތް ކަމަށް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނޮވެލްޓީން ވޯޓު ކަރުދާހުގައި ހިމެނުމަށް ހަތަރު ސެކިއުރިޓީ ފީޗާއެއް ހުށަހެޅި އިރު އެމް 7 އިން ހުށަހަޅާފައި އޮތީ ދެ ފީޗާ ކަމަށެވެ. އަދި ނޮވެލްޓީގެ ފީޗާގެ ތެރެއިން ތިން ފީޗާ އަކީ ޔޫއެސް ޕޭޓެންޓް ފީޗާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ދަތުރުތަކުން ލިބުނު ތަރުހީބަށް ބަލައި 50 ޕަސެންޓް ވޯޓު ވެސް ނުލިބުމުން ސައްހަ ވޯޓެއް ކަމަށް ގަބޫލު ނުކުރުން
ރިޔާސީ އިންތިހާބުގެ ބަލި، ރައީސް ޔާމިން އެއިރު ވެސް ގަބޫލުފުޅު ނުކުރައްވަ އެވެ. އަދި ބޮޑު ތާއިދެއް އޮތް ކަމަށް ވިދާޅުވެ ނަތީޖާ މެދު ރައީސް ޔާމީން ޝައްކު އުފެއްދެވި އެވެ. މިއަދުވެސް ރައީސް ޔާމީން ހުންނެވީ ހަމަ އެގޮތުގައެވެ. އެމަނިކުފާނު ވިދާޅުވީ ބަލި ގަބޫލު ނުކުރެއްވުނީ ވޯޓާ ބެހޭގޮތުން އިވިވަޑައިގެންނެވި ވާހަކަތައް ގަބޫލު ކުރައްވަން އުނދަގޫފުޅު ވުމުން ކަމަށެވެ. އަދި ކޮންމެ ދަތުރަކުން ރައްޔިތުންގެ އެހާ ބޮޑު ތަރުހީބެއް ލިބިވަޑައިގެންނެވި އިރު ރަށްރަށުން 50 ޕަސެންޓްވެސް ލިބިވަޑައި ނުގަތުމުން އެއީ ސައްހަ ވޯޓެއް ކަމަށް އެއްވެސް ގޮތަކަށް ގަބޫލުފުޅު ނުކުރެވުނީ ކަމަށް ޔާމީން ވިދާޅުވިއެވެ.
ވޯޓާ މެދު ސުވާލު އުފައްދަވަމުން ޔާމީން ވިދާޅުވީ ސްޓެޓިސްޓިކްސް ބަލައިފި ނަމަ ފެންނާނީ ހުރިހާ ރަށެއްގައި ހެން ވޯޓުތައް އެއްގޮތަކަށް ހުރިތަން ކަމަށެވެ. ސުވާލު އުފެދެނީ ކުޑަ ތެދިން ރަށަކުން މެޖޯރިޓީ ލިބިވަޑައިގެންނެވި ނަމަވެސް، ދެން ހުރި ރަށްރަށުން 50 ޕަސެންޓުވެސް ލިބިވަޑައި ނުގަތުމުން ކަމަށެވެ. އީސީ އަށް އަމާޒު ކުރައްވަމުން ޔާމީން ވިދާޅުވީ, ވަރަށް މޮޅަށް ވަރަށް ސައިންޓިފިކް ކޮށް ވޯޓުނަގާ މީހަކަށް ނޫނީ އެގޮތަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބަށް މަސައްކަތް ކުރައްވާތާ އެތައް ޒަމާންތަކެއް ވެއްޖެ ކަމަށާ ކުރީ ސަރުކާރުތަކާއި ކުރީގެ ރެޖީމްތަކާ ހިލާފަށް 2013 ގައި އިންތިހާބު ވުމާއެކު 2018 ގެ ރިޔާސީ އިންތިހާބަށް މަސައްކަތް ފެއްޓެވި ކަމަށެވެ.
އިންތިހާބުން ބަލި ވުމުން އަމާޒު ވި ސުވާލުތައް
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިންތިހާބު ނާކާމިޔާބު ވުމުގައި އާއިލީ ނުތަނަވަސް ކަމެއް ނެތް ކަމަށާ، އަނބިކަނބަލުން ނުކުމެވަޑައިގެން ކުރެއްވި މަސައްކަތާ އެއްވަރަށް އެހެން އެއްވެސް ބޭފުޅަކަށް މަސައްކަތް ކުރެވުނު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ކެމްޕޭންގައި ބައެއް ކަންކަން ދިޔަ ގޮތާމެދު ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ސުވާލު އުފައްދާތީ ޔާމީން ވިދާޅުވީ އެމަނިކުފާނަށް މަސައްކަތް ކޮށްދެއްވި އެއްވެސް ބޭފުޅަކަށް ވަކި މީހެއްގެ ބެލުމުގެ ދަށުން މަސައްކަތް ގެންދަން ޖެހިވަޑައިގެންފައި ނޯންނާނެ ކަމަށެވެ. އެއީ ވަޒީރެއް ކަމަށް ވިޔަސް އަދި އެހެން ބޭފުޅެއް ކަމަށް ވިޔަސް އެބޭފުޅަކު ވަޑައިގެން ހަމަ ކެމްޕޭނު ކުރައްވަން ވީ ކަމަށެވެ.
"ތި ސުވާލު އުފައްދާ މީހުން، އެއީ ވަޒީރުން ކަމަށް ވިޔަސް އެބޭފުޅުން ކުރެން އައްސަވާ، އެބޭފުޅުންނަށް އެކަށީގެންވާ މަސައްކަތެއް ކުރެއްވުނުތޯ، ކީއްވެގެންތޯ ޕާފޯމް ނުކުރެވުނީ، ތި ވާހަކަ ދައްކާ މީހުން އެ ވާހަކަތައް ދައްކަނީ އެއި ހަމަ ހިއުމަން ވީކްނަސް" ޔާމީނު ވިދާޅުވި އެވެ.
އިންތިހާބު ނިމުނު ގޮތް
ރިޔާސީ އިންތިހާބުގައި އެއިރުގެ އިދިކޮޅު އިއްތިހާދާ ވާދަކުރައްވާ ރައީސް ޔާމީން ބަލިވެވަޑައިގަތީ 38،653 ވޯޓު ތަފާތުންނެވެ. ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. އެއީ 58.40 ޕަސެންޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަދި އެއިރުގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ 41.60 ޕަސެންޓެވެ.
އިންތިހާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ރިޔާސީ އިންްތިހާބު އޮޅުވާލާފައި ނުވާކަމަށާއި ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިވި ޕީޕީއެމް ގެ ރައީސް އަބްދުﷲ ޔާމީނާއި ދެމެދު ވޯޓުގެ ފަރަގު ވަރަށް ބޮޑު ކަމަށް ބަޔާން ކޮށްފަ އެވެ.
އަދި މައްސަލައިގައި ސާބިތު ހިފޭ ވަރުގެ އެއްވެސްް ހެއްކެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ވެ އެވެ. މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ޕީޕީއެމުން ހުށަހެޅީ ދެލި ފޮހެވޭ ގަލަމަކާއި، ލިޔެވޭ އަނގޮޓިއެއްގެ އިތުރުން ކެމިކަލެއްގެ ވާހަކައެވެ. ނަމަވެސް ސާބިތު ހިފޭ ވަރުގެ ހެއްކެއް އަދި ގަރީނާއެއް ނެތް ކަމަށް ހުކުމުގައި ބުނެފައި ވެ އެވެ.
ސްޕްރީމް ކޯޓުން ނިންމަވާފަ ނޫންތޯ އޮތީ ތިކަމުގެ ހުކުމް
ޕީޕީއެމް ރިޔާސީ އިންތިޚާބުން ބަލިވީ އެއީ މިނިސްޓަރުންނަށް މަސައްކަތް ނުކުރެވިގެން އަދި މިނިސްޓަރުންގެ ދާއިރާއާއި ގުޅޭ މަސައްކަތް ކުރާ މީހުންނާއި ގުޅުން ކުޑަކަން ފުރަތަމަ ފެނަކައިގެ އެމްޑީ އަކަށް ތިމަރަފުށީ ޝަރީފު ކޮލިފައިވެސް ނުވާނެ އެއަށް ވުރެން މާބޮޑަށް ރަނގަޅަށް އެކަން ޕީޕީއެމްގެ ސަރުކާރަށް ކޮށްދޭނެ މީހުން ރައީސް ޔާމީން ގާތު ތިބި އެންމެން މަތިން ހަނދާން ނައްތާލާ ފެނަކައިގެ އެމްޑީކަން ދިނުން އެފެށުނީ ގޯސް.
2013ގައި ނަޝީދަށް 100000 އަށް ވުރެ ގިނަ ވޯޓް
ދެން މަ ހީހީ
2013 ގައި އެތައް ފަހަރަކަށް ވޯޓުލާ ދުވަސް ބަދަލުކޮށް ސްޕްރިމް ކޯޓުން ގައިޑުލައިން ހަދާ ޔާމީނަށް ވެރިކަން ހޯދާދިނީ ވޯޓު އޮޅުވާލައިގެން..
މީނަ މިހެން ބުނުމުން ހަމަ ބުއްދި ހުރި އެއްވެސް އިންސާނެއް މީނަ ދައްކާ ވާހަކަ ޤަބޫލް ނުކުރާނެ ޓިނު އަދުރޭ ފިޔަވައި، އަދުރޭއަކީ ގްރީކް ހިސާބު ޢިލްމް ވެރިޔެއް، އޭކް އޭކް ތީން، ތިންދުއި ނަވަ، މީ ގްރީކް ޢިލްމް ވެރިޔާ އަދުރޭގެ ހިސާބު، މީނަޔަަށް ނޭނގޭބާ ރައްޔިތުން އޭރުވެސް މަޖުބޫރު ވެގެން އަހަރެމެން ނުކުތީ ޔާމިނު ގުނބޯ ހައްދަންކަން، އަހަރެމެންނަށް އެނގޭ ވަޒީފާ ލިބޭނީ ކަލޭ ހައްދައިގެން ކަން، ކަލޭ ތިބުނާ 60% މީހުން ކީއްވެ ކުރީރޭ ޖަލްސާއަށް ނައީ؟ ކަލޭ އަމިއްލައަށް އެއްބަސްވި ގޮތަށް ކަލޭ ފުރަތަމަ މީހުން ދެނެގަންނަން ދަސްކުރޭ، ދެން ރަނގަޅު ހިސާބު އިލްމް ވެރިޔަކު ހޯދާ، ދެން ގަދަ ކަމުން މާހިނިތުން ވެފަ ހުންނަ މީހެއްކަން ދެއްކެން ނޫޅޭ، އަހަރެމެން ޙަޔާތުގައިވެސް ނުދެކެން ތިވަރު އަބުއި މީހެއް، ޒާތްކޮޅު ބޮޑު މީހެއް، މީހާ ނޯމަލް ކޮށް ހުންނަ އިރު ކަލޭގެ ސިފަ ބުނެދޭން ބިރުވެސް ގަނޭ، އަސްލު އިންސާނެކޭ ޔަޤީން ކަމާއި އެކު ބުނާކަށް ނުކެރޭނެ.