ޓެރަރިޒަމްގެ ނުބައިވެގެންވާ އަމަލު ހިންގުމަށް މީހުންނަށް ހިތްވަރު ދެވެމުން ގޮސްފައި ވާކަމަށާ، މިހާރުވެސް 40000 އެއްހާ ޓެރަރިސްޓުން ޕާކިސްތާނުގެ ފަސްގަނޑުގައި އެބަތިބި ކަމަށް އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސްއިން އިންތިޒާމު ކޮށްގެން ކުރިއަށް ދިޔަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވަނީ މިކަމުގެ އިލްޒާމާ ޒިންމާ، ޕާކިސްތާނުގެ ކުރީގެ ސަރުކާރަށް އަމާޒު ކުރައްވާފައެވެ.

ޕާކިސްތާނުގެ އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން އެ ގައުމު ދުށް އެއްވެސް ސަރުކާރެއްގައި ސިޔާސީ އަޒުމެއް ނެތް ކަމަށާ، އަފްޣާނިސްތާނާ ކަޝްމީރުގައި ޓެރަރިޒަމްގެ އަމަލު ހިންގި ކިތަންމެ ބަޔަކު މިހާރުވެސް ޕާކިސްތާނުގެ ފަސްގަނޑުގައި އެބަތިބިކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިމްރާންވަނީ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ހިނގާދިޔަ ބައެއް ހަމަނުޖެހުންތަކުގެ ޒިންމާވެސް ޕާކިސްތާނުން އުފުލާކަން ފާހަގަކުރައްވާ، އެކަމުގެ އިލްޒާމްތައްވެސް ޕާކިސްތާނުގެ ކުރީގެ ސަރުކާރުތަކަށް އަމާޒުކުރައްވާފައެވެ.

އިމްރާންގެ މި ވާހަކަފުޅުތަކާ ގުޅިގެން ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން އިމްރާން ހައްދަވަމުން ގެންދަވާ އިތުރުފުޅަށް ވަރުގަދަ އެވޯޑެއް އެރުވުމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހަޖުލެއްގެ ގޮތުގައި ކިއާފައެވެ.